ދިރާގު

10 އެސް އަދި 10 އެސް މެކްސް މާދަމާ ލޯންޗް ކުރަނީ

10 އެސް އަދި 10 އެސް މެކްސް މާދަމާ ރާއްޖެއަށް ރަސްމީކޮށް ލޯންޗްކޮށް، ޕްރީ އޯޑަރު ކުރި ފަރާތްތަކަށް ދޫކުރާނެ ކަމަަށް ދިރާގުން ބުނެފިއެވެ.

ދިރާގުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ބުނިގޮތުގައި މާދަމާ 2:30 އިން ފެށިގެން ޕްރީ އޯޑަރު ކުރި ފަރާތްތަކަށް ދިރާގު ހެޑް އޮފީހުގެ އެކްސްޕީރިއެންސް ސެންޓަރުން ފޯނު ލިބޭނެ އެވެ. އަދި ޕްރީއޯޑަރު ކުރި މީހުންގެ ތެރެއިން މާލެ ފިޔަވައި އެހެން ސަރަހައްދު ތަކުގައި ދިރިއުޅޭ މީހުންނަށް ވެސް، އެމީހުނާ އެންމެ ކައިރި ކަސްޓަމާ ސާވިސް ސެންޓަރު ތަކުން ހަފްތާއެއް ފަހުން ފޯނު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ޕްރީ އޯޑަރު ނުކުރެވުނު ފަރާތްތަކަށް ހަފްތާއެއް ފަހުން ފޯނު ވިއްކަން ފަށާނެ ކަމަށްވެސް ދިރާގުން ވަނީ ބުނެފައެވެ. އަދި ކުރިން ފަހަރު ތަކެކޭ އެއްފަދައިން އިންސްޓޯލްމަންޓަށްވެސް ފޯނު ނެގޭނެއެވެ.

އެޕަލް ކުންފުނިން ކޮންމެ އަހަރަކު ނެރޭ އައިފޯނުގެ އާ މޮޑެލް ތަކުގެ ތެރޭގައި މިއަހަރު ސެޕްޓެމްބަރު މަހު 12 ވަނަ ދުވަހު ވަނީ އައިފޯނުގެ ތިން މޮޑެލެއް ތައާރަފްކޮށްފައެވެ. އެއީ އައިފޯން 10 އެސް އަދި 10 އެސް މެކްސް އަދި އައިފޯން 10 އާރް އެވެ.