ވިޔަފާރި

ތިލަމަންދުންމަތީގެ ގެސްޓްހައުސް ވިޔަފާރި މާކެޓް ކުރުމަށް ސެމިނާއެއް!

ތިލަދުންމަތީގެ ގެސްޓްހައުސް ވިޔަފާރި މާކެޓް ކުރުމަށް ސެމިނާއެއް ބޭއްވުމަށް ނިންމައިފިއެވެ.

"މާކެޓިން ސެމިނާ ފޯރ ގެސްޓްހައުސް"ގެ ނަމުގައި ހދ. އަތޮޅުގެ ރަށްތަކުގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަކޮށްގެން ބާއްވާ ސެމިނާއަކީ މޯލްޑިވްސް ގެޓްއަވޭސްއާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން ބާއްވާ ސެމިނާއެކެވެ.

އާންމުންނަށް ވެސް ހުޅުވާލައިގެން އަންނަ ހޯމަ ދުވަހު ހދ. ހަނިމާދޫގައި ބާއްވާ އެ ސެމިނާގައި ބައިވެރިވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އެ ސެމިނާގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 7456066 ނުވަތަ 7855098 އަށް އެންގުމަށް ސެމިނާ އިންތިޒާމުކުރާ ފަރާތުން އެދެއެވެ.

އެއް ދުވަހުގެ މުއްދަތަށް ބާއްވާ އެ ސެމިނާގައި އަލިއަޅުވާލާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ރެވެނިއު މެނޭޖްމަންޓާއި ޑިސްޓްރިބިއުޝަން ޗެނަލް މެނޭޖްމަންޓާއި އޮންލައިން އެންޑް ސޯޝަލް މީޑިއާ މާކެޓިން އާއި ސާޗް އިންޖީން އޮޕްޓިމައިޒޭޝަން އަދި ޓުއަރިޒަމް އިންޑަސްޓްރީ މާކެޓް ޓްރެންޑްސް އެންޑް ސްޓްޓިކްސް އެވެ.