Close
ބިއުޓީ

ކޮންސީލަރ އިންވިޒިބަލްކޮށް ހާކާނެ ގޮތް

މޭކަޕްގެ ގޭމް ޗޭންޖަރަކަށް ކޮންސީލަރ ވެފައި ވާއިރު ބޭނުން ކުރަން ޖެހޭ އެންމެ ރަނގަޅު ގޮތުގައި ބޭނުން ނުކުރެވޭނަމަ، މުޅި މޫނުމަތި ހުތުރުކޮށްލައި މޭކަޕް ނެޗުރަލް ނުވެ ކޭކްޑް ފޭސް އަކަށް ވެގެން ދެއެވެ. ކޮންލީސަރ އަކީ ރަނގަޅަށް ބްލެންޑް ވެ އިންވިޒިބަލް ވާންޖެހޭ މޭކަޕްގެ ބައެކެެވެ.

އެހެން ކަމުން ކޮންސީލަރ ބޭނުން ކުރަން ޖެހޭ އެންމެ އެދެވޭ ގޮތަށް ބޭނުން ކުރުމަށް އެންމެ ފުރަތަމަ ކަމަށްވެސް، މޫނު ދޮވެ، މޫނު ހައިޑްރޭޓް ކުރަން ޖެހެއެވެ. ޕްރިޔަންކާ ޗޯޕްރާ ގެ މޭކަޕް އާޓިސްޓް ބަރޯސް ބުނާ ގޮތުގައި ރެޑް ކާޕެޓަކަށް ޕްރިންކާގެ މޭކަޕް ކުރަން ފެށުމުގެ ކުރިން ތާފަނާކޮށް ހުންނަ ތުވާއްޔެއް މޫނުގައި ހާކާލައެވެ. މިގޮތަށް ހެދުމުން މޫނުގައި ހުންނަ ޑްރައި ޕެޗްތައް ނައްތައިލައެވެ. އެއަށްފަހު މޮއިސްޗަރައިޒަރެއް ބޭނުން ކުރެއެވެ.

ހަމުގެ ކުލަ ދެނެގަތުން

ކޮންސީލަރ ވިއަސް ފައުންޑޭޝަން ވިއަސް، ހަމުގެ ކުލަ އެނގި އެންމެ ގުޅޭ ކުލައެއްގެ ޝޭޑްސް ހޯދުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އަދި ހޯދާ ފައުންޑޭޝަނާއި ކޮންސީލަރ ގެ ކުލަ ވެސް ދިމާވާން ޖެހެއެވެ. ބައެއް މީހުންގެ މޫނުގެ އެކި ދިމާތައް އެކި ކުލަ ކުލައިގައިވެސް ހުރެއެވެ. އެހެން ކަމުން ކޮންސީލަރ ހޯދަންވާނީ މި ކަންކަމަށް ބަލާފައެވެ. ލޯކައިރިއަށް ބޭނުން ވާނީ ހަމުގެ ކުލައިގެ އެއް ޝޭޑް މަޑު ކުލައެއް ކަމަށް ބަރޯސް ބުނެއެވެ. އޭރުން ލޯކައިރި ބްރައިޓް ކޮށްލާނެއެވެ.

ކޮންސީލަރ ހާކަން ފަށަންވާނީ ލޯ ކައިރިން

ސެލެބްރެޓީ މޭކަޕް އާޓިސްޓް ރޮމީ ބުނާ ގޮތުގައި މުޅި ލޯކައިރި ކޮންމެހެން ކޮންސީލް ކުރާކަށް ނުޖެހެއެވެ. ކަޅުވެފައި ހުންނަ ތަންތަނުގައި ކޮންސީލަރ ހޭކުމުން ފުދޭނެއެވެ. ކޮންސީލަރ ހާކާއިރު މާބޮޑަށް ކޮލާ ހަމަޔަށް އެސްފިޔަ ކައިރި ނުކޮށްވޭތޯ ބަލަން ޖެހެއެވެ. އެހެން ނޫން ނަމަ ހާޝް ލައިންއެއް ގޮތަށް ފެންނަން ހުންނާނެއެވެ.

ބިހި އަދި ލަކުނުތައް ފޮރުވުން

ބިހީގައި ކޮންސީލަރ ހޭކުމުން ހޭކި ކޮންސީލަރ ތައް ފޭދެން އެކަކުވެސް ނޭދޭނެއެވެ. އެހެން ކަމުން ކޮންސީލަރ ބިހީގައި ނުވަތަ ލަކުނުގައި ތަންކޮޅެއް ގިނައިން ކޮންސީލަރ ޖަހާފައި ބްލެންޑް ކޮށްލާށެވެ. ބްލެންޑް ކުރުމުން ހުރިހާ އެއްޗެއްވެސް ކަވަރު ވާނެއެވެ.

ބްލޮޓް ކުރުމަށްފަހު ސެޓް ކުރުން

މޭކަޕްކޮށް ނިމުމުން ބްލޮޓް ޕޭޕަރ ނުވަރަ ޓިޝޫއަކުން ވިއަސް މޫނުގައި ހުރި އެކްސެސް ތެޔޮތައް ފުހެލާށެވެ. އަދި ސެޓިން ޕައުޑަރެއް މޫނުގައި ހާކައިލާށެވެ. ކޮންސީލަރ ބޭނުން ކޮށްފައި ހުރި ދިމާ ތަކުގައި ހާއްސަކޮށް ލޯކައިރީ ފުށް ޖެހުން މުހިއްމެވެ.