ބޮޑެތި ޑިސްކައުންޓްތަކަކާ އެކު ވެލިގާ ހާޑްވެއާގެ މިއަހަރުގެ ރޯދަ ސޭލް ފަށައިފިއެވެ.
ވެލިގާ ހާޑުވެއާއިން ބުނި ގޮތުގައި، މިއަހަރުގެ ރޯދަ ސޭލް ކުރިއަށް ދާނީ މިއަދުން ފެށިގެން މޭ މަހުގެ 10 ވަނަދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ވެލިގާ ހާޑްވެއާގެ ފިހާރަތަކާއި ބްލަންކް ޝޯރޫމުން ވިޔަފާރި ކުރާ ފަރާތްތަކަށް 35 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެއެވެ.
މީގެ އިތުރުން މި ޕްރޮމޯޝަންގައި ބައިވެރިވެ ވެލިގާ ހާޑްވެއާގެ ފިހާރަތަކާއި ބްލަންކް ޝޯރޫމުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި އިތުރަށް ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެ ކަމަށް ވެސް ވެލިގާއިން ބުނެ އެވެ.
ވެލިގާ ހާޑުވެއާއިން ބުނީ ކޫޕަން ލިބޭ ފަރާތްތަކުގެ މެދުން ކޮންމެ ދުވަހަކު, ކޮންމެ ފިހާރައަކުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 500 ރުފިޔާގެ އަގުހުރި ވައުޗާއެއް ލިބޭނެ ކަމަށާއި މި ވައުޗާ ބޭނުން ކޮށްގެން ވެލިގާ ހާޑްވެއާގެ ފިހާރަތަކާއި ބްލަންކް ޝޯރޫމުން މުދާ ގަނެވޭނެ ކަމަށެވެ.
ވެލިގާ ހާޑުވެއާއިން ރޯދަމަހަށް ހާއްސަކޮށްގެން ބޮޑެތި ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެއެވެ.
އެގޮތުން 2008 ވަނަ އަހަރުން ފެށިގެން ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ވެލިގާ ހާޑްވެއާއިން ވަނީ ދުނިޔޭގެ ނަން މަޝްހޫރު އެތައް ބްރޭންޑެއް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައެވެ.