ރައްޔިތުން މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުން މާދަމާ ހެނދުނަށް ފަސްކޮށްފިއެވެ.
އިލެކްޝަނުން މިރޭ ކުރެއްވި ޓުވީޓަކުން މިކަން ވަނީ ކަށަވަރުކޮށްދީފައެވެ.
މީގެ ކުރިން އިލެކްޝަނުން ވަނީ މިރޭ 9:30ގައި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާނެކަމަށް ހާމަކޮށްފައެވެ. ނަމަވެސް ރަސްމީ ނަތީޖާ އިއުލާނު ކުރާ ގަޑި މިހާރު ބަދަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.
އިލެކްޝަނުން މާދަމާ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރަން ނިންމާފައިވާ އިރު، މިރޭވެސް ބައެއް ފޮށިތައް އަލުން ގުނުމުގެ މަސައްކަތް އިލެކްޝަނުން އަންނަނީ ކުރަމުންނެވެ.