އިލެކްޝަންސް ކޮމިޝަން

މާމިގިލީ ތިން ވޯޓު ފޮށީގެ ވެރީންގެ މައްޗަށް ފިޔަވަޅު އަޅަން އިލެކްޝަނުން ނިންމައިފި

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާމިގިލީ ދާއިރާގެ މާމިގިލީ ތިން ވޯޓު ފޮށީގެ ވެރީންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ މައްޗަށް ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ދާދި ދެންމެ ވިދާޅުވީ އެ ތިން ފޮށީގެ ތިން ވެރީންނާ މެދު ފިޔަވަޅު އަޅަން ނިންމީ ގަސްދުގައި ވޯޓުތަކެއް ބާތިލުކުރި ކަމުގެ ތުހުމަތުގަ އެވެ.

"އަޅުގަނޑުމެން ބެލި ބެލުމުން ތުހުމަތު ކުރެވެނީ ގަސްދުގައި ވޯޓުތަކެއް ބާތިލުކޮށްފައިވާ ކަމަށް. އެހެންވެ ގާނޫނުގައި އޮންނަ ގޮތުގެ މަތީން ފިޔަވަޅު އަޅަން އިލެކްޝަނުން ނިންމީ." އަކްރަމް ވިދާޅުވި އެވެ.

ގާނޫނުގައި އޮންނަ ގޮތުން ނަމަ މި މައްސަލައިގައި ޖިނާއީ ދައުވާ ކުރެވޭނެ އެވެ.