ވައްކަމާއި ފޭރުން

ވަގަށް ނަގާފައިވާ ކަރަންޓު ސާމާނުތަކަކާއެކު ދިވެއްސަކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

ވަގަށް ނަގާފައިވާ ކަރަންޓު ސާމާނުތަކަކާއެކު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ ކަރަންޓު ސާމާނު ތަކާއެކު ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާއިން މައުލޫމާތުދިން ގޮތުގައި މި ތަކެއްޗާއެކު އެ މީހާ ހައްޔަރު ކޮށްފައި ވަނީ ޓެކްސީއެއްގައި ހުޅުމާލެއިން މާލެއަށް ދިޔަ މަގުމަތީ ޓްރެފިކް ލައިޓެއްގައި ޖެހިފައި ހުއްޓައެވެ. އެގޮތުން ކަރަންޓު ސާމާނުތައް ފެނިފައި ވަނީ އެ ޓެކްސީ ހުއްޓުވައި ބެލުމުގެ ތެރެއިން ޓެކްސީގެ ތެރޭ ހުރި ފުޅިމަދު ފޮށިތަކެއްގެ ތެރެއިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.