ޚަބަރު

ދިވެސް އިންސްޓިޓިއުޓް އިން ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ދިވެސް އިންސްޓިޓިއުޓް އިން ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އެގޮތުން 5 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެސް އިން ވަނީ މި ހަފްތާގެ ތެރޭ ހުޅުވާލައިފައެވެ. އެއީ ޑިޕްލޮމާ އިން ޗައިލްޑް ސައިކޮލޮޖީ، ޑިޕްލޮމާ އިން ފޮރިންސިކް ސައިކޮލޮޖީ، ސެޓްފިކެޓް 3 އިން އިންކްލޫސިވް އެޑިއުކޭޝަން، ސެޓްފިކެޓް 3 އިން ޕްލޭނިންގ އެންޑް މެނޭޖްމަންޓް އޮފް އެންޖީއޯސް އަދި ސެޓްފިކެޓް 1 އިން ޗައިލްޑް ކެއާ އެވެ.

މި ކޯސްތަކުން ޑިޕްލޮމާ އިން ޗައިލްޑް ސައިކޮލޮޖީ އަދި ޑިޕްލޮމާ އިން ފޮރިންސިކް ސައިކޮލޮޖީ ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވަ އެންމެ ފަހު ތާރީހަކީ މެއި 16 އެވެ. އަދި ސެޓްފިކެޓް 3 އިން އިންކްލޫސިވް އެޑިއުކޭޝަން އާއި ސެޓްފިކެޓް 3 އިން ޕްލޭނިންގ އެންޑް މެނޭޖްމަންޓް އޮފް އެންޖީއޯސް ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހު 21 އެވެ.

2016 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ދިވެސް އިންސްޓިޓިއުޓް އަކީ އަތްފޯރާ ފަށުގައިި ޓާޝަރީ އެޑިއުކޭޝަންގެ ހިދުމަތް ރާއްޖޭގައި ދިނުމަށް ހިންގާ އިންސްޓިޓިއުޓެކެވެ.