މޭކަޕް ކުރާ ތަކެތި ކިތަންމެ ވަރަކަށް ހޯދިޔަސް ހިތެއް ނުފުރޭނެ އެވެ. އަބަދު ދަތުރުމަތީ އުޅޭ މީހުނަށް މޭކަޕް އައިޓަމްސް ޕެކް ކުރުން އޮންނަނީ އުނދަގޫ ކަމަކަށް ވެފައެވެ. ގެންގޮސް ނުގެންދާނީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ.
އެހެން ކަމުން މި އާޓިކަލްގައި ދަތުރު މައްޗަށް ކޮންމެހެން ބޭނުންވާ 10 މޭކަޕް ޕްރޮޑަކްޓެއް ބުނެދޭނަމެވެ. ޓްރިކް އަކީ މަލްޓިޓާސްކިން ޕްރޮޑަކްޓްސް ގެންދިޔުމެވެ.
- ބީބީ ކްރީމް: ރަނގަޅު ބީބީ ކްރީމަކަށް އިންވެސްޓް ކުރުމަކީ ވަރަށް ފެސޭހަ ވާނޭ ކަމެކެވެ. ހާއްސަކޮށް ޕްރައިމަރ ހިމެނޭ ބީބީ ކްރީމެއް ނަމަ ފައުންޑޭޝަންގެ ބަދަލުގައި ބޭނުން ކުރެވިދާނެއެވެ. އޭރުން ޕްރައިމަރ އަދި ފައުންޑޭޝަން މި ދޭތި ނުގެންގޮސް ފަރުޖެހޭނެއެވެ.
- ލިޕްސްޓިކް: ތުންފަތުގައި ހޭކުމާ އެކު ލިޕްސްޓިކް ބްލަޝްގެ ބަދަލުގައި ވެސް ބޭނުން ކުރަން ގެންދާށެވެ. އަދި ލިޕްސްޓިކް އައި ޝެޑޯރ ގެ ބަދަލުގައިވެސް ބޭނުން ކުރެވިދާނެއެވެ.
- އައިބްރޯ ޕެންސިލް: ރަނގަޅު ވޯޓަރ ޕްރޫފް އަދި ސްމަޖް ޕްރޫފް އައިބްރޯ ޕެންސިލް އަކުން ބުމަ އަދި ލޮލުގައި ކާޖަލްގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ.
- ޕެޓްރޯލިއަމް ޖެލީ: މިއީ ވަރަށް ގިނަ ކަންކަމަށް އޮތް ހައްލެކެވެ. ބްރޯ ޖެލްގެ ގޮތުގައި، ތުންފަތް ފަޅަފަޅައިގެން ދިއުމުން، ނޫނީ ހައިލައިޓަރ އެއްގެ ގޮތުގައި ވެސް ޕެޓްރޯލިއަމް ޖެލީ ބޭނުން ކުރެވިދާނެއެވެ. އަދި ސެންޓްގެ ވަސް ގިނަ އިރު ދަމަހައްޓަން ވެސް މިއީ ސެންޓް ޖެހުމުގެ ކުރިން ގައިގައި ހޭކިދާނެ އެއްޗެކެވެ.
- ބްރޮންޒަރ: މޫނަށް ޑައިމެންޝަން ގެނައުމަށާއި ބްރައުން އައި ޝެޑޯރއެއްގެ ގޮތުގައި ބްރޮންޒަރ ބޭނުންކުރެވިދާނެ އެވެ.
- ޓްރާސްލޫސަންޓް ޕައުޑަރ: ލޮލުގެ ތިރި އަދި މި ނޫންވެސް މޫނު އޮއިލީވާ ދިމާތަކުގައި ބޭނުން ކުރެވިދާނެއެވެ. އަދި ލިޕްސްޓިކް މެޓް ކުރުމަށާއި ބޯ ދޮންނަން އުނދަގޫވާ ވަގުތު ތަކުގައި ޑްރައި ޝޭމްޕޫއެއްގެ ބަދަލުގައި ބޭނުން ކުރެވިދާނެއެވެ.
- މަސްކަރާ: މިވެސް ލިކުއިޑް ލައިނަރ އެއްގެ ބަދަލުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ. ނަމަވެސް އެންގިއުލަރ ބްރަޝްއެއް ގެންދަން ހަދާންކުރަން ވާނެއެވެ.
- ބިއުޓީ ބްލެންޑަރ: ގިނަ ފިހިތައް ނުގެންގޮސް ބިއުޓީ ބްލެންޑަރ އެއް އިހްތިޔާރު ކުރާށެވެ. ބީބީ ކްރީމާއި، ބްރޮންޒަރ އަދި ބްލަޝް ހޭކުމަށް ވެސް ބްލެންޑަރ ބޭނުން ކުރެވޭނެއެވެ. އަދި ސާފުކޮށްލަންވެސް ފަސޭހަ ވާނެއެވެ.
- ރޯސް ވޯޓަރ: ޓޯނަރ ގެ ބަދަލުގައި ރޯސް ވޯޓަރ ބޭނުން ކުރެވޭނެއެވެ. އަދި މޭކަޕްކޮށް ނިމިގެން ސެމީ ސެޓިން ސްޕްރޭއެއްގެ ގޮތުައިވެސް ބޭނުން ކުރެވިދާނެއެވެ.
- މޭކަޕް ރިމޫވިން ވައިޕްސް: މިއީ ކޮންމެހެން ގެންދަންވާނެ އެއްޗެކެވެ. މޭކަޕް ފުހުމަށާއި މޫނު ސާފު ކުރުމަށާއި އަދި މޭކަޕް ކުރާއިރު ހެދޭ އެކި އެކި ގޯސަތައް ހައްލު ކުރުމަށް މުހިއްމު އެއްޗެކެވެ.