ދުނިޔެ

ދުނިޔޭގެ އެންމެބޮޑު އިންޑޯ ސްކީ ރިސޯޓް ޗައިނާގައި ބިނާކުރަނީ

މުހައްމަދު އައުޒަމް

ދުނިޔޭގެ އެންމެބޮޑު އިންޑޯ ސްކީ ރިސޯޓް ޗައިނާގައި ބިނާކުރުމަށް ތައްޔާރުވެއްޖެ އެވެ.

ދުބާއީގެ މަޝްހޫރު މާޖިދު އަލް ފުއްޓައިމްގެ އެހީތެރިކަމާއެކު ބިނާކުރުމަށް ތައްޔާރުވަމުން އަންނަ މިރިސޯޓަކީ ދުނިޔޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު އިންޑޯ ސްނޯ އަދި ސްކީ ރިސޯޓެވެ. އެއް މިލިޔަން އަކަފޫޓުގެ މި ސްނޯ ޕާކު ބިނާކުރަނީ ޝަންހާއީގައެވެ.

މާޖިދު އަލް ފުއްޓައިމް އިން ބުނެފައިވާ ގޮތުން މި ސްނޯ ޕާކަށް ދީފައިވާނަމަކީ 'ވިންޓައަސްޓާ ޝަންހާއީ' އެވެ. މިހާރު ދުބާއީގައި އޮތް އެންމެ ބޮޑު އިންޑޯ ސްކީ ރިސޯޓް 'ސްކައި ދުބާއީ' އަށް ވުރެ މި ރިސޯޓް ތިން ގުނަ ބޮޑުވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މާޖިދު އަލް ފުއްޓައިމްއިނަ ހާމަކުރާގޮތުން ޝަންހާއިގައި މިނާކުރާ މިރިސޯޓަކީ އޮލިމްޕިކް ޓްރޭނިންގ ސްޓޭންޑަޑަށް ތައްޔާރުކުރެވޭ ރިސޯޓެއް ކަމަށެވެ. މިތަކުގައި ސްކީ ސްލޯޕްތައް ތަފާތު ގްރޭޑިއަންޓް ތަކަށް ހުންނާނެއެވެ. އަދި މިތަނުގައި ފިނިތަންތާގައި ކުޅޭ 25 ބާވަތުގެ ކުޅވަރު މިތަކުގައި ކުޅެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް މާޖިދު އަލް ފުއްޓައިމްއިން ހާމަކުރިއެވެ.

ދިރާސާތަކުން ދައްކާގޮތުން ޗައިނާގެ 1.38 ބިލިޔަން މީހުންގެ އާބާދީގެ %1 ވެސާ އަދި މިހާތަނަށް ސްކީ ކުރުމުގެ ތަޖުރިބާ ނުކުރެއެވެ. އެހެންކަމުން ޝަންހާއީގައި ބިންާކުރަން ހަމަޖެހިފައިވާ ސްކީ ރެސޯޓުގެ ސަބަބުން އެތައްބަޔަކު މިކަމުގެ ތެރެއަށް ވަދެގެން ދާނެކަމަށް ލަފާކުރެވެއެވެ.