Close
ދުނިޔެ

މޭގަން މާކަލް ފުރަތަމަ ދަރިއަށް ބަލިވެ އިންކަން އިއުލާން ކޮށްފި

އިނގިރޭސީ ޝާހީ އާއިލާއަށް އަނެއްކާވެސް އުފާވެރި ހަބަރެކެވެ. ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް ބަލިވެ އިންކަން އެ އާއިލާއިން މިވަނީ އިއުލާންކޮށްފައެވެ.

މިދިޔަ މެއިގައި ކައިވެނި ބައްލަވައިގަތް ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ބަތަލާ މޭގަން، ބަލިވެ އިންކަން އިއުލާންކޮށް ޝާހީ އާއިލާއިން މިވަނީ ޓުވީޓްކޮށް ބަޔާނެއްވެސް ނެރެފައެވެ. އެ އާއިލާއިން ނެރުނު ބަޔާނުގައިވާ ގޮތުން މޭގަން ވިހާނީ 2019 ގައެވެ. އެކުއްޖާ ވާނީ ރާނީ އެލިޒަބަތުގެ މުނިމާމަ ދަރިއަށެވެ.

މީޑިއާގައި މޭގަން ބަލިވެ އިން ކަމަށް އަޑުތައް ފެތުރޭތާ މިވަނީ ދުސަވްކޮޅެއް ވެފައެވެ. އަދި މޭގަން އާއި ހެރީވެސް ވަރަށް އަވަހަށް އާއިލާއެއް ފައްޓާނެ ކަމަށް ވަނީ އެކި ހަފްލާތަކުގައި ވާހަކަދައްކަވައިފައެވެ.

ޝާހީ އާއިލާގެ އެންމެންހެން ޕްރިންސް ހެރީ އަދި މޭގަންއަށް މަރުހަބާ ދަންނަވަމުން ދާއިރު، މޭގަންގެ މަންމަ ބުނި ގޮތުގައި އޭނާގެ ފުރަތަމަ މާމަ ދަރި ލިބޭތީ ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.

ޕްރިންސް ހެރީ އަކީ އޭނާގެ ބޭބެ ޕްރިންސް ވިލިއަމްގެ ތިން ދަރިންނާ ވެސް ވަރަށް ގާތްގުޅުމެއް ބާއްވާ އަދި އޭނާގެ ގިނަ ރައްޓެހިންގެ ދަރިންގެ ގޯޑް ފާދަރއެކެވެ.

ޕްރިންސް ޗާލްސް، ޕްރިންސް ވިލިއަމް އަދި އޭނާގެ ތިން ދަރިން އަދި ޕްރިންސް ހެރީއަށް ފަހު ޕްރިންސް ހެރީ އާއި މޭގަންއަށް ލިބޭ ދަރި ވާނީ އިނގިރޭސި ޝާހީ ތާޖަށް ހަތްވަނައަށެވެ.