މުނިފޫހިފިލުވުން

ޗައިނާގެ އެންމެ މަޝްހޫރު ބަތަލާ ގެއްލިއްޖެ

މުހައްމަދު އައުޒަމް

ޗައިނާގެ އެންމެ މަޝްހޫރު ބަތަލާ ގެއްލިއްޖެ އެވެ.

ޗައިނާގެ އެންމެ މަޝްހޫރު ބަތަލާ ފަން ބިންގް ބިންގް ގެއްލިފައި މިވަނީ އޭނާގެ މައްޗަށް ޓެކްސްގެ މައްސަލައެއް ފެންމަތި ވެފައި ވަނިކޮށެވެ. ފާއިތުވި މަސްތަކުގައި ޗައިނާ ސަރުކާރުން ވަނީ ޓެކުހާބެހޭ ކަންތައްތައް ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ.

ޗައިނާ ސަރުކާރުން މިހާރު ވަނީ އެގައުމުގެ ފަންނާނުން ހުށަހަޅާ ހުށަހެޅުންތަކުގެ ޖުމަލަ އާމްދަނީގެ 40 ޕަސެންޓްފަންނާނުނަގެ މުސާރައިގެ ގޮތުގައި ދޭން ޖެހޭނެ ކަމަށް ކަނޑައަޅައިފަ އެވެ. ފަން ގެ ޓެކްސް އާ ގުޅުން ހުރި ލިއުންތަކެއްވެސް ލީކުވެފައި ވެއެވެ. އެލިޔުންތަކުގައި ވާގޮތުން ފަން ވަނީ އޭނާއަށް ލިބޭ އާމްދަނީގެ މަޢުލޫމާތަށް ބަދަލު ގެނެސް އޮޅުވައިލައި ނުބައި މަޢުލޫމާތު ޓެކްސް ޔުނިޓަށް ހުށަހަޅައިފަ އެވެ.

ފަން ބިންގް ބިންގް އަކީ ޗައިނާގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަންނާނެވެ. ޗައިނާގެ ގިނަ އަދަދެއްގެ ފިލްމު ތަކުން ފެނިގެން ގޮސްފައިވާ ފަން ވަނީ މަޝްހޫރު އެކްސް މޭން ފިލްމުގައި ވެސް ތަފާތު ރޯލެއް ކުޅެފައެވެ.

ފިލްމު ކުޅުމުގެ އިތުރުން ފަން ވަނީ ޗައިނާގެ ނަން މަޝަހޫރު ބްރޭންޑް ތަކުގެ އިޝްތިހާރުތަކުން ވެސް އެތައްބައެއްގެ ޝައުގުވެރިކަން ހޯދާފައެވެ. 2015 ވަނަ އަހަރު ޓައިމް މެގަޒިން އިން ހޮވާ ޗައިނާގެ އެންމެ މަޝްހޫރު ބަތަލާގެ މަގާމުވެސް ފަން ވަނީ ހޯދާފައެވެ.