ނެޗުރަލް ތެލުން ހަމަށާއި އަދި އިސްތަށިގަނޑަށް ވެސް ގިނަ ފައިދާ ތަކެއް ކުރެ އެވެ. މީގެ ތެރޭގައި ކާށި ތެޔޮ، އަރމަންޑް ތެޔޮ، އަދި ޒައިތޫނި ތެލަކީ އިސްތަށިގަނޑަށް ވަކިން ހާއްސަކޮށް ފައިދާ ކުރާ ތެޔޮތެކެވެ. މި ތެޔޮ ތަކުގެ ތެރެއަށް އެންމެ ފަހުން ތައާރަފުވީ އެގް އޮއިލް ނުވަތަ ބިސް ތެލެވެ. ބިސް ތެލުން އިސްތަށިގަނޑަށް ހީވެސް ނުކުރާހާ ގިނަ ފައިދާތައް ވެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް މި ލިޔުމުގައި ބަލައިލާނަމެވެ.
ބިސް ތެލަކީ ބިހުގެ ގޮބޮޅިން ހަދާ ތެލެކެވެ. މީގައި ޓްރައިގްލޮރޮސައިޑްސް އާއި ކޮލެސްޓްރޯލް އަދި ޕޮސްޕޮލޮޕިޑްސް ހިމެނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ހަމަށާއި އިސްތަށިގަނޑަށް ކޮލެސްޓްރޯލަކީ ވަރަށް މުހިއްމު މާއްދާއެކެވެ. މިއީ ބޮލަށާއި ހަމުގެ ތެރެއަށް ފަސޭހައިން ވަދެގެންދާ މާއްދާއެކެވެ. ހަންގަނޑު ހަލާކުވެ ހިކޭގޮތް ވާނަމަވެސް މިއީ ފަރުވާ އެކެވެ. މީގެ އިތުރުން ބިސް ތެލުގައި ޕޮލި-ސެޓުރޭޓަޑް ފެޓީ އެސިޑް އާއި އޮމެގާ ތިނެއް އަދި އޮމެގާ ހައެއް ހިމެނެއެވެ. އެއީ ސެލްތައް އުފެދުމަށް މުހިއްމު މާއްދާ ތަކެވެ.
އިސްތަށިގަނޑު މުސްކުޅިވެގެން ފައިބާ ފޭބުން ވެސް ބިސް ތެލުން ދުރުކޮށްދެއެވެ. އަދި އީއެފްއޭ ކިޔާ މާއްދާ އަކީ ބޮލުގެ ލޭ ދައުރުކޮށްދިނުމަށާއި ސެލްތައް އުފެދުމަށާއި، އިސްތަށިގަނޑުގެ ފޮލިކަލްސްތައް އާކޮށްލުމަށް މުހިއްމު މާއްދާއެކެވެ. އަދި ހަންފޮޅުން ކަހަލަ ބޯ ނުވަތަ އިސްތަށިގަނޑަށް ދިމާވާ އާންމު މައްސަލަތަކަށް އެ މާއްދާގެ ސަބަބުން ފަރުވާ ލިބެ އެވެ.
ބިސް ތެލުގައި ކޮލެސްޓްރޯލް ހިމެނޭތީ އިސްތަށިގަނޑުގެ އެޕިޑަރމިސް ކިޔާ ފަށަލައަށް އެ ތެޔޮ ވަންނަން ފަސޭހަވެއެވެ. އަދި އިސްތަށިގަނޑު މޮއިސްޗަރައިޒް ކޮށްދީ ވަރުގަދަކޮށްދީ ފްރިޒްތައް ނައްތާލައެވެ.
ބިސް ތެޔޮ ގަންނަން ނުލިބޭނަމަ ބިހުގެ ގޮބޮޅި ބޮލުގައި ހާކައިގެންވެސް މީގެ ފައިދާ ހޯދިދާނެއެވެ.