މިނިސްޓަރު އަލީ ވަހީދު

ސިމްޕަލް މެޖޯރިޓީ ދީގެން ވިޔަސް ރައީސަށް މީހެއްގެ ދަށު ނުވެ އުޅެވޭނެ ހަމަޖެހޭ ރާއްޖެއެއް ހޯދަންޖެހޭ : އަލީ ވަހީދު

އަހުމަދު ޖައިޝަން

1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެއްވެސް ވަތަކަށް ފައިބާން ނުޖެހި، އެއްވެސް މީހެއްގެ ދަށުވާން ނުޖެހި، ސިމްޕަލް މެޖޯރިޓީއެއް ދީގެން ނަމަވެސް މި ފަސް އަހަރު، ހަމަޖެހޭ ދިވެހި ރާއްޖެއެއް ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ޖުމުހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީވަހީދު މިހެން ވިދާޅުވީ ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވާ އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއެކު އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަލީ ވަހީދު ވިދާޅުވީ ދިވެހި ރާއްޖޭގެ ލަގަން މިއަދު ރައްޔިތުން ހަވާލުކުރައްވާފައިވަނީ އިބްރާހީމް މުހައްމަދު ސޯލިހާ ކަމަށެވެ.

"އުކުޅަހުގައި އަޅުގަނޑުމެން ނިންމީ އެކި ދޯނި ބަނދެގެން އަރައި ތިބެގެން އެއްކޮޅު އަނެއްކޮޅަށް ފޮނު އަރުވާނީތޯ. އެންމެންގެ ހިޔާލު ތަފާތުވުންތަކާއެކު އުކުޅަހުގައި އަޅުގަނޑުމެން ބޮޑު އެއް ދޯނި ބަންނާނީތޯ. އޭގެ މާލިމީއަކަށް އަޅުގަނޑުމެން އިންތިހާބުކުރީ އިބްރާހީމް މުހައްމަދު ސޯލިހު. އެ މާލިމީއަށް އެހީތެރިވާން އަޅުގަނޑުމެން އިންތިހާބުކުރީ ފައިސަލް ނަސީމް،" އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެން ހުރިހާ އެންމެން އެއް އޮޑީގައި ތިއްބަވައި ފުރަތަމަ ކެބިނެޓު އެކުލަވާލި ކަމަށެވެ.

"އެކަމު އެހާ ހިސާބުން އެ ނިމުނީއެއް ނޫން. އަޅުގަނޑުމެން އެންމެން އަރައި ތިބި އޮޑީގައި އަޅުގަނޑުމެން ރީއްޗަށް މި ފަސް އަހަރު ތިބުމުގެ ތަރުތީބު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ހޯދަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، ނައިބު ރައީސް ފައިސަލް ނަސީމް ތިމަރަފުށީ ދާއިރާއަށް ވަޑައިގެން ރިޔާޒްގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމުން، ރައީސް ސޯލިހު ވެސް ތާއީދުކުރައްވަނީ ރިޔާޒަށް ކަން ސާފުވެއްޖެ ކަމަށެވެ. އަދި ރައީސް ނަޝީދު ވެސް ބޭނުންފުޅު ވަނީ ނަޒާހަތްތެރި މަޖިލީހެއް ކަމަށާއި އެހެން ކަމުން އެމަނިކުފާނުވެސް ބޭނުންފުޅު ވާނީ ރިޔާޒް މަޖިލީހުގައި އިންނަވަން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ބަނާނާ

ކުލަބަދަލުކޮށް މަޖިލުސް ގޮޑިވިއްކާލާ ދެބިމާ އެޕާރޓްމަންޓްތައް ގަނެވުނީމަވެސް އަދިވެސް ވަތަށް ނުފައިބާ މީހެއްގެ ދަށުނުވެ މިނިސްޓަރުކަން ވެސް ނުލިބޭނޫންތޯ؟