ރައީސް ނަޝީދު

އަދާލަތު ޕާޓީއާއެކު ތިއްބާ ދެން އަޅުގަނޑުމެންގެ ސިޔާސީ ސަފުތައް ފޫއަޅުވައެއް ނުލެވޭނެ : ނަޝީދު

އަހުމަދު ޖައިޝަން

1

އަދާލަތު ޕާޓީއާއި އެމްޑީޕީ އެކުގައި ތިއްބާ ދެން ސިޔާާސީ ސަފުތައް ފޫއަޅުވައިލެވޭނެ ބައެއް ނުތިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައިސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފަރެސްމާތޮޑާ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު ފަތުހުﷲ އަހުމަދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ދެނެއް ރާއްޖޭގެ ވެރިކަން ގުޑުވައި އެހެން ބަޔަކު ނެތް ކަމަށެވެ. އަދާލަތު ޕާޓީއާ ގުޅިގެން މަސައްކަތްކުރުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

"މިރޭ އަޅުގަނޑުމެންނަށް ލިބޭ އުފާވެރި ހަބަރަކީ، އަދާލަތު ޕާޓީ، އެމްޑީޕީއާއެކުގައި ދިގު މުއްދަތުގައި މަސައްކަތްކުރަން ތައްޔާރަށް ތިބިކަމުގެ ޔަގީންކަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންނަށް ގިނަ މަސައްކަތްތަކެއް ކުރުމަށް މަސައްކަތްކުރާ ޕާޓީއެއް ފަދައިން އަދާލަތު ޕާޓީއަކީވެސް ދިވެހީން ބޭނުންވާ ގޮތްތަކާއި އުސޫލުތަކަކަށް ވަކާލާތު ކުރާ ޕާޓީއެއް ކަމަށެވެ.

ހަސަންބެ

އާން ތިހެންވާނީ. ކުރިންވެސް އަންނި ސައިޒު ކޮށްލީ ޝައިޚް އިމްރާން އަދިވެސް އަންނި ސައިޒު ކުރަން ވެއްޖެނަމަ އިމްރާނަށް ކުރެވިދާނެ.