މޯލްޑިވްސް ކަސްޓަމްސް ސާވިސް

އިމްޕޯޓް 28، އެކްސްޕޯޓް 124 އިންސައްތަ އިތުރުވެއްޖެ

ސެޕްޓެމްބަރު މަހު ރާއްޖޭގެ އިމްޕޯޓު ކުރި މުދަލުގެ ސީއައިއެފް އަގު 28 އިންސައްތަ އަދި އެކްސްޕޯޓް ކުރި މިންވަރު 124 އިންސައްތަ އިތުރުވެފައިވާ ކަމަށް ދައްކައިފި އެވެ.

ކަސްޓަމްސްއިން ނެރުނު ބަޔާނުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދިވެހިރާއްޖެއަށް 2.94 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު މި އަދަދު 3.78 ބިލިއަނަށް ވަނީ އިތުރުވެފައެވެ. މީގެ ތެރެއިން 18 އިންސައްތަ އަކީ ޗައިނާއިން ކޮށްފައިވާ އިމްޕޯޓް އެވެ. އަދި 15 އިންސައްތަ އަކީ ޔޫ.އޭ.އީ އިން އަދި 11 އިންސައްތަ އަކީ ސިންގަޕޫރުން ކޮށްފައިވާ އިމްޕޯޓެވެ.

2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 156.61 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ އިރު، މިމިޔަ ސެޕްޓެމްބަރު މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރަކީ 350.46 މިލިއަން ރުފިޔާއެވެ. އެކްސްޕޯޓްކުރި މުދަލުގެ 23.5 އިންސައްތަ ވަނީ ޖަރުމަނު ވިލާތަށް އެކްސްޕޯޓްކޮށްފެވެ.

އިމްޕޯޓް ޑިއުޓީ އަދި އެހެނިހެން ފީގެ ގޮތުން ކަސްޓަމްސް އަށް ލިބުނު އާމްދަނީވެސް ވަނީ 2017 ސެޕްޓެމްބަރަށް ވުރެ މިދިޔަ ސެޕްޓެމްބަރ ގައި 20 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރު 264.78 މިލިއަން ރުފިޔާ ދައުލަތަށް އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބިފައި ވެއެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ލިބުނީ 219.85 މިލިއަން ރުފިޔާއެވެ.