ބޮލީވުޑް

ވޯޓުލުމަށް ގިނަ ރައްޔިތުން ނެރުމަށް ބޮލީވުޑް ތަރިންގެ ކިބައިން މޯދީ އެދިވަޑައިގެންފި

އިންޑިއާގެ ގިނަ ބަޔަކު ވޯޓުލުމުގައި ބައިވެރިކުރުވުމަށް ބޮލީވުޑްގެ ބައެއް އަންހެން ތަރިން ޓެގް ކުރައްވާ ބޮޑު ވަޒީރު މޯދީ ޓުވީޓެއް ކުރައްވައިފިއެވެ.

އަނުޝްކާ ޝަރުމާ އާއި ދީޕިކާ ޕަޑުކޯން އަދި އާލިޔާ ބަޓް ޓެގް ކުރައްވާ މޯދީ އެދިވަޑައިގެންފައިވަނީ ގިނަ ބަޔަކު ވޯޓުލުމުގައި ބައިވެރިވުމަށް އެދުމަށެވެ. ރައްޔިތުން ބޭނުންވާ ރައްޔިތުންގެ ސަރުކާރެއް ހޮވުމަށް މިއީ މުހިއްމު ކަމެއްގެ ގޮތުގައި މޯދީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މޯދީގެ ޕޯސްޓުގައިވާ ގޮތުގައި ފިލްމު ޕާސަނަލިޓީޒްއަކީ މީހުން އެމީހުންކުރާ މަސައްކަތް ބަލައިގަންނަ ބައެއް ކަމުން، އެ ތަރިން ފޮނުވާ މެސެޖުތައް ގަބޫލުކޮށް އެއަށް އަމަލު ކުރާނެ ގިނަ ރައްޔިތުން ތިބޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މޯދީގެ ޓުވީޓު ރީޓުވީޓުކޮށް އަނުޝްކާ އަދި އާލިޔާ ވަނީ އެތަރިންގެ ފޭނުންނަށް ވޯޓުލާން ދިއުމަށް އެދި ގޮވާލައިފައެވެ.