ސަރަހައްދީ ފެންވަރުގައި ފަތުރުވެރިކަމުގެ ދާއިރާއިން ހޮވާލެވޭ ފަރާތްތަކަށް ދޭ ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ ނޯމިނޭޝަންސްއަށް ހުޅުވާލައިފި އެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރުވަނަ ސަޓާ އަށް ނޯމިނޭޓްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު 10 ސެގްމެންޓަކުން 37 ކެޓަގަރީ ހިމެނެއެވެ.
އެ އެވޯޑަށް ނޯމިނޭޓްވުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 30 އެވެ.
އޮންލައިންކޮށް ނޯމިނޭޓްވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ކަމަށް ހާއްސަ ނޯމިނޭޝަން ފޯމެއް ވަނީ ތައްޔާރުކޮށްފައެވެ.
ސަޓާ އަކީ ސަރަހައްދީ ބޮޑެތި ކުންފުނިތަކާއި ޖަމިއްޔާތަކުން އެންޑޯސްކޮށްގެން ކުރިއަށްގެންދާ އެވޯޑް ހަފްލާއެކެވެ.
އެ އެވޯޑް އެންމެ ފުރަތަމަ ލޯންޗުކޮށްފައިވަނީ 2016 ވަނަ އަހަރުގައެވެ.