ރައީސް ނަޝީދު

ދެ ރުފިޔާބަޔަށް ކަރަންޓް ވިއްކާ މީހުން ދުނިޔޭގައި އެބަތިބި، ނާދެވިގެން އުޅެނީ ގާނޫނީ އޮނިގަނޑެއް ނެތީމަ: ނަޝީދު

ޝަހީދާ އަބްދުﷲ ސައީދު

1

ދެ ރުފިޔާ ބަޔަށް ކަރަންޓް ޔުނިޓެއް ވިއްކާ ބައިވަރު މީހުން ދުނިޔޭގައި އެބަ ތިބި ކަމަށާއި އެމީހުންނަށް ރާއްޖެ ނާދެވިގެން އުޅެނީ ރާއްޖޭގައި ގާނޫނީ އޮނިގަނޑެއް ނެތުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވާ ހުވަދު އަތޮޅު އުތުރުބުރީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗް ކުރުމަށް މިރޭ ޣިޔާޘުއްދީން ސުކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެޖެންޑާ 19 ގެ ދަށުން ކަރަންޓް ޔުނިޓެއްގެ އަގު ދެ ރުފިޔާ ބަޔަށް ތިރިކުރާނެ ކަމަށާއި، އިރުގެ ދޯދިން ކަރަންޓް ނުއުފެއްދޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

'' ހަތް ރުފިޔާ ބަޔަށް ކަރަންޓް ޔުނިޓެއް ހަދައިގެން ވިއްކާ އެއްވެސް ގައުމެއްނެތް. ހަތް ރުފިޔާ ބަޔަށް ކަރަންޓް ޔުނިޓެއްގެ އަގު ޖެއްސޭނެ ގައުމެއްވެސް ހަގީގަތުގައި ނެތް. އިރުގެ ދޯދިން ނަގާ ކަރަންޓު ޔުނިޓެއްގެ އަގު ބޮޑުވެގެން އެޖެންޑާ 19 ގައި ދެރުފިޔާ ބަޔަށް ހަދައިދޭނަން. ގޭގޭގެ ކަރަންޓް ބިލު ޔަގީން މިދިޔަމަހު ދެ ހާސް ތިން ހާހަށް އަރާނެ. އަޅުގަނޑުމެން ބޭނުންވަނީ ކަރަންޓް، ގަނެ ވިއްކޭނެ ގާނޫނީ އޮނިގަނޑެއް. ކަރަންޓް އުފައްދައިގެން ވިއްކާނެ ބައިވަރު މީހުން ދުނިޔޭގައި އެބަތިބި، ރާއްޖެއަށް ނައިސް އެއުޅެނީ އޭގެ ގާނޫނީ އޮނިގަނޑެއް ނެތީމައި.'' ނަޝީދު ވިދާޅުވިއެވެ.

އެޖެންޑާ 19 ގައި ގެދޮރު އެޅުމަށް ދިގު މުއްދަތަށް ދައްކާ ޚަލާސްކުރާ ގޮތަށް ލޯނު ދޫކުރާނެ ކަމަށާއި އެޖެންޑާ 19 ގައި ވަޒީފާ އަދާކުރާ މީހާގެ އެންމެ ކުޑަ އުޖޫރަވެސް ކަނޑައަޅާނެ ކަމަށް ވިދާޅުވިއެވެ.

އަދި އެޖެންޑާ 19 ގައި ހުރިހާ ރައްޔިތުންނަށް ވަޒީފާ ލިބޭނެ ކަމަށާއި ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް އިނާޔަތެއްވެސް ދެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރަށު ކައުންސިލުގައި އެރަށެއްގެ މީހުންނަށް ހުޅުވައިލައިފައިވާ ވަޒީފާގެ ދަފްތަރެއް އޮންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އަދި ހުވަދޫގެ ކޮންމެ ރަށެއްގެ ކައުންސިލުގައި އޮންނަ ވަޒީފާގެ ދަފުތަރުގައި ރަޖިސްޓްރީވެ، އެމީހެއްގެ ތައުލީމާއި ގާބިލުކަން އެނގެން އޮތްހާ ދުވަހު ހުވަދޫގެ 14 ރިސޯޓުގައި އެހެން ގައުމެއްގެ މީހަކަށް ވަޒީފާ އަދާނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކަދުރޭ22

އެއީ މިލިޔަނުން އާބާދީ ހުރި ތަންތަން. ދެމީހުނާ ފަޅި އުޅޭތަންތަނުގައި ދެރުފިޔާބަޔަށް ހެދޭނީ މަނިކުފާނު 10ރ އަށް ޑޮލަރު ހެދިގޮތައް.