ކުއްލި ޚަބަރު

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ހާލުދެރަވެ ފަރުވާދޭން ގެންދަނިކޮށް މަރުވެއްޖެ

މަރިޔަމް ޝަހުދާ

ވ އަތޮޅުގައި ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ހާލުދެރަވެގެން ފަރުވާއަށް ގެންދިޔަ މަގުމަތީ މަރުވެއްޖެ އެވެ.

މިކަމާ ގުޅިގެން ފުލުހުން މައުލޫމާތު ދެމުން ހާމަކުރި ގޮތުގައި މަރުވެފައި ވަނީ ޖަޕާނުގެ 64 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ. ފުލުހުން ވަނީ މި މީހާ ޑައިވިނަށް ގޮސްފައިވަނީ ވ އަތޮޅު ކައިރީ އޮތް ސަފާރީ އަކުން ކަމަށާއި، މަރުވެފައި ވަނީ އޭނާގެ ހާލު ދެރަވެގެން ވ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީ ކަމަށް މައުލޫމާތު ދީފައެވެ.

ރޭ 21:48 ހާއިރު ފުލުހުންނަށް މިކަމުގެ މައުލޫމާތު ލިބިފައިވާއިރު، މިހާރު އެމީހާގެ ހަށިގަނޑު ފުލުހުން ވަނީ މާލެ ގެނެއްސައެވެ.