މުނިފޫހިފިލުވުން

ގިނަދުވަސްތަކަކަށް ފަހު އެންޖެލީނާ ޖޮލީ އާއްމުންގެ ތެރެއަށް

މުހައްމަދު އައުޒަމް

އުމުރުން މިހާރު 43 އަހަރު ފުރިފައިވާ މަޝްހޫރު ފިލްމީތަރި އެންޖެލީނާ ޖޮލީ ގިނަދުވަސްތަކަކަށް ފަހު މިވަނީ އޭނާގެ ހަ ކުދިންގެ ތެރެއިން ހަގު ދެކުދިންނާ އެކު ފެނިފައެވެ. އެންޖެލީނާ ޖޮލީ އޭނާގެ ކުރީގެ ފިރިމީހާ ބްރެޑް ޕިޓް ކައިރިން ވަރިވުމަށް ފަހު އާންމުންގެ ތެރެއިން ނުފެންނަކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.

އެންޖެލީނާ ޖޮލީ އޭނާގެ އެންމެ ހަގު ނިބޫދެކުދިން ކްނޮކްސް އަދި ވިވިންނެ އާއި އެކު ސްކޭޓް ރިންކް އަކުން ފެނުނު އިރު އޭނާގެ މޫނުމަތިން އުފާވެރިކަން ފެނުނު ކަމަށް މަޢުލޫމާތު ލިބެއެވެ. ހަމަ އެދުވަހު ކެލިފޯނިއާގެ ލޯނަގް ބީޗް ގައި ހުންނަ ކެމްބޯދިއަން ފިލްމު ފެސްޓިވަލް އިން ވަނީ އެންޖެލީނާ ޖޮލީ އޭނާގެ ރައްޓެހިންނާ އެކު އުޅެނިކޮށް ފެނިފަ އެވެ.

މިހާރުވެސް އެންޖެލީނާ އަންނަނީ ބްރެޑް ޕިޓް ކައިރިން ވަރިވުމަށް ފަހު ކޯޓުން ދަރިންގެ ބެލެނިވެރިކަން ކަށަވަރުކުރުމުގެ ކަންތައްތައް ކުރަމުންނެވެ. އެންޖެލީނާ ޖޮލީ އަށް ޖުމްލަ ހަ ދަރިން ލިބިފައި ވެއެވެ.

ދާދިފަހުން އެންޖެލީނާ ޖޮލީގެ ވަނީ އޭނާގެ ކުރީގެ ގާނޫނީ ވަކީލާ ލައުރާ ވަސީރު މަގާމުން ވަކިކޮށް އެމަގާމު ސަމަންތާ ބޮލޭ އާ ހަވާލު ކޮށްފައެވެ. އަދި މިހާރު ކޯޓުގައި ވަކާލާތު ކުރުމަށް ސަމަންތާ ވަނީ ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.