Close
ބިއުޓީ

ގްލޮސީ ލިޕްސްޓިކް މެޓް ކުރާނީ ކިހިނެއް؟

އާންމު ގޮތެއްގައި މެޓް އަދި ގްލޮސީ ލިޕްސްޓިކް ގެންގުޅެނީ ވަކިންނެވެ. ނަމަވެސް އިމަޖެންސީ ހާލަތްތަކުގައި ބޭނުންވާ ކުލަ ނުލިބޭގޮތް ދިމާވެ އެވެ.

އެހެން ކަމުން މިފަދަ ހާލަތް ތަކުގައި ގްލޮސީ ލިޕްސްޓިކް މެޓް ލިޕްސްޓިކަކަށް ބަދަލުކޮށްލާނެ ގޮތް މި އާޓިކަލްގައި ކިޔައިދޭނަމެވެ.

ވަރަށް ފަސޭހައެވެ. ޓިޝޫއެއް ވީހާވެސް ތުނިކޮށްލުމަށް އޭގެ މަތީ ފަށަލަ ނެއްޓޭ ނަމަ ނައްޓައިލާށެވެ. ދެން ޓްރާންސްލޫސަންޓް ޕައުޑަރު ކޮޅެއް ބްރަޝް އަކުން ޓިޝޫގައި ހާކާލާށެވެ.

ފޭވަރިޓް ގްލޮސީ ލިޕްސްޓިކް ތުންފަތުގައި ހޭކުމަށްފަހު ތައްޔާރުކުރި ޓިޝޫ ތުންފަތް މަތީ ބާއްވާލައިފައި އަނެއްކާވެސް ބްރަޝް އިން ޓްރާސްލޫސަންޓް ޕައުޑަރު ތުންފަތް މަތީގައި އޮތް ޓިޝޫގައި ހާކާލާށެވެ. ދެން، ހޭކި ފުށްތައް ރަނގަޅަށް ތުންފަތް މައްޗަށް ފަތުރައިލުމަށް ދެތުންފަތް އެއްކޮށް ޕްރެސް ކޮށްލާށެވެ. މި ގޮތަށް ހެދުމުން އެކްސެސް ކަލަރ، ޝައިން ނައްތާލައި ތުންފަތް މެޓްވެގެން ދާނެއެވެ.

ބައެއް މީހުން ޓިޝޫގެ ބަދަލުގައި އިނގިލިވެސް ބޭނުންކުރެއެވެ. ނަމަވެސް ބޮޑަށް ރަނގަޅީ ޓިޝޫއެއް ބޭނުން ކުރުމެވެ.