ދުނިޔެ

ތޫފާން މެންގްހުޓް ފިލިޕީންސަށް މިސްރާބުޖަހައިފި

މުހައްމަދު އައުޒަމް

ތޫފާން މެންގްހުޓް ފިލިޕީންސަށް މިސްރާބުޖަހައިފި އެވެ.

ފިލިޕީންސް ކަނޑުގައި އުފެދުނު މި ތޫފާން ބާރު މިހާރު ހުރީ އެގައުމުގެ އިރުމަތީ ރަށްތަކާ މާދުރު ނޫން ހިސާބެއްގައެވެ. ގަޑިއަކު 160 މޭލަށް ވައި ޖެހެމުންދާ މި ތޫފާނުން ސަލާމަތްވުމަށް އެގައުމުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ފިލިޕީންސް ގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވަނީ ތޫފާނުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަސައްކަތް ފަށާފައެވެ. ތޫފާން އަރާއިރު ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާ 168 މޭލު ބާރުމިނުގައި ވައިޖެހޭނެ ނަމަ 23 ފޫޓު އުސްމިނުގެ ރާޅު އަރާނެ ކަމަށް ބެލެވެ އެވެ. ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އައްސޭރިފަށުގެ ސަރަހައްދުތަކުން ވަނީ އެތައްހާސް ބަޔަކު އެހެން ސަރަހައްދު ތަކަށް ބަދަލު ވެސް ކޮށްފައެވެ.

ރައްކާތެރި ކަމުގެ ފިޔާވަޅެއްގެ ގޮތުން ފިލިޕީންސް އިން ދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ.އެގޮތުން ސްކޫލްތައް ބަނދުކޮށް ގެއްލުން ލިބޭނެކަމަށް ބޮޑަށް ބެލެވޭ ހިސާބުތަކުގައި ކުއްލިހާލަތުގައި މަސައްކަތް ކުރާނެ މީހުން ތައްޔާރީ ޙާލަތަށް ގެނެސްފައެވެ. މިހާރުވެސް މަރިއާނާ އައިލެންޑްސް ގެ އައްސޭރިފަށަށް ތޫފާން ގެ އަސަރު ކުރަން ވަނީ ފަށާފައެވެ.

ފިލިޕިންސް އަށްފަހު ތޫފާން މެންގްހުޓް ދެން މިސްރާބުޖަހާނީ ޗައިނާއާއި ދިމާލަށެވެ. ޗައިނާއިންވެސް ދަނީ ރައްކާތެރި ފިޔަވަޅު އަޅަމުންނެވެ. ފިލިޕިންސް އިނަ ލަފާކުރާގޮތުން އެގައުމުގެ 10 މިލިޔަން މީހުންނަށް މި ތޫފާނުގެ އަސަރުކުރާނެ ކަމަށް ބެލެވެއެވެ.