ސެމްސަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު ގެލެކްސީ އެސް10 ދިރާގުން ލޯންޗުކުރުން މާދަމާއަށް ފަސްކޮށްފިއެވެ.
ދިރާގުން ރާއްޖޭގައި ގެލެކްސީ އެސް10 ލޯންޗުކުރުމަށް ފުރަތަމަ ނިންމާފައިވަނީ މިރެއެވެ. ނަމަވެސް ދިރާގުން ވަނީ އެ އިވެންޓް މާދަމާ ރެއަށް ފަސްކޮށްފައެވެ.
ދިރާގުން ބުނީ އެ އިވެންޓު ކުރިއަށް ދާނީ ދިރާގު ހެޑް އޮފީސް ކުރިމަތީގައި ކަމަށެވެ.
މާދަމާރޭގެ އިވެންޓުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުނަގައި ނަސީބުވެރި ފަރާތަކަށް ސެމްސަންގްގެ އާ ފްލެގްޝިޕް ފޯނެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ގެލެކްސީ އެސް10 އާއި އެސް10 ޕްލަސްގެ ފޯނުތައް މަދަމާރޭގެ އިވެންޓުގައި ދައްކާލާއިރު އެ ފޯނަކީ ސްމާޓްފޯނު ޓެކްނޮލޮޖީއަށް އިންގިލާބީ ބަދަލުތަކެއް ގެންނަ ފޯނުތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިރާގުން އެސް10ގެ ފޯނުތައް ލޯންޗުކުރުމަށް ތައްޔާރުވާއިރު އުރީދޫއިން ވަނީ އެސް10 މިރޭ ލޯންޗުކޮށް ޕްރީ އޯޑަރކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ.