ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން ވެހިކަލް ލޯނު ދޫކުރަން ފަށައިފި

1

އެއްގަމު އުޅަނދު ގަންނަން ބޭނުންވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރަން ފަށައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ މެނޭޖަރު ރީޓެއިލް ބޭންކިން ބަދުރުއްދީނު ހަސަނު ވިދާޅުވީ ބީއެމްއެލްއިން މިއަދު ތައާރަފުކުރި އެ ލޯނަކީ ފަސް އަހަރު ދުވަހަށް ބަހާލައިގެން ދެއްކޭ ގޮތަށް ތައާރަފުކުރި ލޯނެއް ކަމަށެވެ.

އަދި މިލޯނަކީ މިވަގުތު ރާއްޖޭގައި ވެހިކަލް ގަތުމަށް އިންސްޓޯލްމަންޓް ޕްލޭނާއެކު ދޫކުރާ އެންމެ ފުރިހަމަ ލޯނު ކަމަށް ބަދުރުއްދީނު ވިދާޅުވިއެވެ. ބަދުރުއްދީނު ވިދާޅުވީ އެއްގަމުގައި ދުއްވާ ހުރިހާ ބާވަތެއްގެ ވެހިކަލު ގަތުމަށްވެސް އެ ލޯނު ދޫކުރާނެ ކަމަށެވެ.

އަދި ބީއެމްއެލްއިން ވެހިކަލު ގަތުމަށް ލޯނު ދޫކުރާނީ ފަސްލައްކައާ ދެމެދުގެ އަދަދަކަށް ކަމަށާއި ލޯނަށް ރަހުނު ބަހައްޓަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ލޯނު ދައްކަން ފަސް އަހަރު ދުވަހުގެ މުއްދަތު ލިބޭއިރު، ލޯނު ދޫކުރާނީ ވިހި ޕަސެންޓް ދެއްކުމުން ކަމަށާއި ދޫކުރާނީ 18 ޕަސެންޓްގެ އިންޓްރަސްޓާއެކު ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.