ވިޔަފާރި

ވޮލްވޯއިން އަމިއްލައަށް ދުވާ އަރާމު ކާރެއްް އުފައްދަނީ

ވޮލްވޯގެ C360 އޮޓޯނޯމޮސް ކޮންސެޕްޓުގެ ކާރެއް ބާޒާރަށް ނެރުމުގެ މަސައްކަތް ފަށައިފިއެވެ.މިއީ މިހާތަނަށް ދުނިޔޭގައި އުފައްދާ ހަމައެކަނި %100 އަމިއްލަ އަށް ދަތުރުކުރުމުގެ ކުޅަދާނަކަން ލިބޭ ކާރެވެ.

ކާރުއުފައްދާ އެކިއެކި ކުންފުނި ތަކުންވެސް މިހާރު އަމާޒުހިފައިފައި ވަނީ އަމިއްލައަށް ދަތުރުކުރެވޭ އުޅަނދުތައް އުފެއްދުމުގައި އަވަދިނެތިއެވެ. ވޮލްވޯގެ މިކާރަކީ އެހެން ކާރުތަކާއި ޙިލާފަށް އަމިއްލަ އަށް ދަތުރުކުރުމުގެ އިތުރުން އޭގެް ދަތުރުކުރާމީހުންނަށް އަރާމުކަމާއިއެކީ ދަތުރުކުރެވޭ ފަދަ އާލާތްތަށް އެކުލެވޭކާރެކެވެ. މީގެ އިތުރުން އެތަކެއް މޭލަކަށް ދަތުރުކުރިކަމުގައި ވީނަމަވެސް ވަރުބަލިކަން އިހުސާސް ނުވާގޮތަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮއްފައިވާ ކާރެކެވެ.

ވޮލްވޯގެ އެންމެ ބޮޑު އަމާޒަކީ ދަތުރުފަތުރު ކުރުމުގެ ނިޒާމަށް އިނަގިލާބު ގެނެސް ފްލައިޓުން ތަންތަނަށް ދަތުރުކުރާފަރާތްތަށް އެއްގަމުމަގުން ދަތުރުކުރުމުގައި އެހެންމީހުންގެ އުނދަގޫ ނުޖެހޭގޮތައް އެކަހެރި މާހައުލެއްގައި ދަތުރުކުރެވޭނެ ކޮންސެޕަޓެއް ތަޢާރަފް ކުރުމެވެ.

ވޮލްވޯއިން ހާމަކުރާގޮތުގައި މިކާރުގައި އަރާމުކޮށް ނިދާލެވޭ މާހައުލެއް ގާއިމުވެފައި ވާއިރު ކުޑަ އޮފީހެއެގެ އިތުރުން މުނިފޫހިފިލުވާލެވޭނެ ޖާގަ ހުންނާނެކަމަށެވެ. މިކާރުގެ ސަބަބުން މުސްތަގްބަލުގައި ވައިގެ ދަތުރުފަތުރުގެ ބަދަލުގައި އެހެން ނިޒާމެއް ދަތުރުފަތުރު ކުރާފަރާްތްތަކުން ޙިޔާރުކުރާނެ ކަމަށް ވޮލްވޯއިން އުންމީދުކުރެއެވެ.