Close
ލައިފް ސްޓައިލް

ފޯނު ނުބާއްވަންވީ ހަތް ތަނެއް

ފޯނަކީ އެއާ ނުލައި ނޫޅެވޭ ވަރުގެ އެއްޗަކަށް ވެފައިވާ އިރު، ފޯނުން ލިބޭ ފަސޭހަތަކަށް ވުރެ އޭގެން ލިބޭ ގެއްލުން ވަކި ކުޑައެއް ނޫނެވެ. ވަރަށް ކުދި ކުދި ކަންކަމަށް ބަލާ އިރު، ޖީބުގައި ފޯނު ބޭއްވުމަކީ ވެސް އޭގެން ސިއްހަތަށް ގެއްލުން ލިބޭ ކަމެއްކަން މި އޮންނަނީ ނޭނގިފައެވެ. އެހެން ކަމުން ފޯނު ބޭއްވުން ރަނގަޅު ނޫން ހަތް ތަނެއްގެ ވާހަކަ މި ފަހަރު ޝެއަރކޮށްލާނަމެވެ.

ޖީބު

ޖީންސް ނުވަތަ ފަޓުލޫނު ނޫނީ ހަރުވާޅު ޖީބަށް ވަރަށް އާންމުކޮށް ފޯނު ލެވެ އެވެ. ބަނޑުގައި ނުވަތަ ފައިގައި އާންމުކޮށް ރިއްސާނަމަ އެއީ މި ސަބަބާ ހުރެ ކަމަށްވުން އެކަށީގެންވެ އެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ފޯނު ޖީބަށް ލާފައި ގިނަ އިރު ބޭއްވުމަކީ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ހުރި ކަމެކެވެ. ރޭޑިއޭޝަންގެ އަސަރު ސީދާ ހަށިގަނޑު ތެރެއަށް ކުރާނެ ކަމެކެވެ. އަދި ފޯނަކީ އަބަދު އިންޓަރނެޓާ ކަނެޓް ކޮށްފައި ހުންނަ އެއްޗެއް ކަމުން އޭގެން ކެންސަރު ޖެހުމަށްވެސް މަގުފަހި ވެއެވެ. މީގެ އިތުރުން ފިރިހެނުންގެ ދަރިފަނި އުފެދުން ވެސް ފޯނުގެ ރޭޑިއޭޝަން ގެ ސަބަބުން ދަށްކޮށްލަ އެވެ.

ބާލީސް ދަށް

ބާލީސް ދަށަށް ފޯނުލައިގެން ނިދުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް މިއީ ވަރަށް ގެއްލުން ހުރި ކަމަކެވެ. ޗާޖަށް ޖަހާފައި ފޯނު މިގޮތަށް ބޭއްވުމުން ފޯނު ހޫނު ވެއެވެ. ބައެއް ފަހަރު ފޯނު ގޮވާ ތަންވެސް ދިމާވެއެވެ. އަދި މީގެ އިތުރުން ފޯނުގެ ސްކްރީނުން އަންނަ ނޫކުލައިގެ އައްޔަކީ މެލޮޓޮނިން އަށް އަސަރުކޮށް ހަމަ ނިދި ނިދުމަށް އުނދަގޫ ކުރުވާ ކަމެކެވެ. މީގެ ސަބަބުން ހެނދުނު ހޭލާއިރު ބޯ އަނބުރާ ގޮތް ދިމާވެއެވެ. އެހެންކަމުން ނިދާއިރު ފޯނު އެނދާ ދުރުގައި ބާއްވާފައި ހަމަ ޖެހިލައިގެން ނިދާލުން ބުއްދިވެރިއެވެ.

ބްރާ ނުވަތަ ހެދުން ތެރެ

ބްރާ ނުވަތަ ހެދުމުގެ އެނޫން ވެސް ތަނެއްގެ ތެރެއަށް ފޯނު ލުމަކީ ބައެއް މީހުންގެ އާދަ އެކެވެ. މިގޮތަށް ވަކީން ހާއްސަކޮށް ބްރާ ތެރެއަށް ފޯނު ލުމަކީ ސީދާ މެޔަށް ފޯނުގެ ރޭޑިއޭޝަންގެ އަސަރުކޮށް އުރަމަތީ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެކެވެ. ފޯނު ވައިބްރޭޓް ވުމުން ހަމުގެ ނާޒުކުކަމަށް ވެސް އަސަރުކުރެއެވެ. ކަސްރަތު ކުރަން ދާއިރު ސްޕޯޓްސް ބްރާ ތެރެއަށް ފޯނު ލުމުން ކަސްރަތުން ހިއްލާ ދަލާ އެކު ބެކްޓީރިއާތައް ހަށިގަނޑުގެ ތެރެއަށް ފެތުރޭނެ އެވެ.

މޫނު ކައިރީ

ފޯނުގައި މޫނު ނުޖައްސައި ފޯނުން ވާހަކަދެއްކުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެކަމަކު ފޯނަކީ ގިނަ ފަހަރު މާހައުލު ތެރެއަށް ހުޅުވިފައި ހުންނަ އެއްޗެއް ކަމުން މޫނުގައި ފޯނު ޖެހޭ ކޮންމެ ފަހަރަކު އޭގައި ހުންނަ ބެކްޓީރިއާއިން މޫނުން ބިހިނެގުމާއި، އެކި ކަހަލަ އިންފެކްޝަން ޖެހުމާއި، އަދި ތަފާތު އެކި އުނދަގޫތައް އުފައްދަ އެވެ. އަބަދު ފޯނުގައި ހުރުމުން ހަންގަނޑު އަވަހަށް މުސްކުޅިވާގޮތް ވެސް ދިމާވާނެއެވެ. މިކަންކަމުން ރައްކާތެރިވުމަށް އިއަރފޯނު ބޭނުން ކުރުމުން ފޯނު ސީދާ މޫނުގައި ނުޖެހި ސަލާމަތް ކުރެވޭނެއެވެ.

ފާހާނާ

ފާހާނާ އަކީ ހުރިހާ ބާވަތެއްގެ ބެކްޓީރިއާ އެންމެ ގިނަ އެއްތަނެވެ. އެހެން ކަމުން ފާހަނާ ކުރާއިރު އަދި އެކި ކަންކަމަށް ފާހަނާއަށް ވަދެ ނިކުމެ ހަދާއިރު ފޯނަށް ބެކްޓީރިއާގެ އަސަރު ކުރެއެވެ. އަދި މީގެ ސަބަބުން ދެން ފޯނު ބޭނުންކުރާއި އެ ބެކްޓީރިއާތައް ހަށިގަނޑަށް ނުވަތަ ހަމަށް ފެތުރިގެންދެއެވެ.

ކާރުގެ ކޮންޕާޓްމެންޓް

ކާރުގައި ދަތުރު ކުރާއިރު އޭގައި ހުންނަ ކޮންޕާޓްމެންޓްގައި ފޯނު ބާއްވާނަމަ ފޯނު ހޫނުވެ، އަދި ބައެއްފަހަރު މި ކޮންޕާޓްމަންޓަކީ ސީދާ އަވި ފޯރާ ތަނެއްނަމަ ފޯނަށް އޭގެ ހޫނުކަން ފޯރައި އޭގެ ބެޓެރި ގޮވުން ނުވަތަ އޭގެން ކެމިކަލް ބޭރުވެއެވެ. ދެން ފޯނު ނަގާއިރު ނުވަތަ ބޭނުން ކުރާއިރު އޭގެން ނުކުންނަ ރޭޑިއޭޝަން ކުރިއަށް ވުރެ އިތުރުވެ ސިއްހަތަށް ނުރައްކާވެއެވެ.

ސްޓްރޯލަރ

ކުޑަ ކުދީން ސްޓްރޯލަރ އަށް ލައިގެން ގޮވައިގެން ބޭރަށް ދާއިރު އެއަށް ފޯނު ލުމަކީ ކުއްޖާއަށް ނޭދެވޭ އަސަރު ކުރާ ކަމެކެވެ. އޭގެ ތެރޭގައި ކުއްޖާގެ ބިހޭވިރިއަލް ޗޭންޖަރސް ތަކާއި ކަންކަމަށް ސަމާލުކަންދޭން ޖެހޭ ވަރަށް ނުދެވުމުގެ ޑިސްއޯޑަރެއް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.