"16 ވަނަ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލް" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ބުނީ އިންޑިއާގެ ޖައިޕޫރު އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލް އެންޑް ޓްރަސްޓް އިން އިންތިޒާމްކޮށްގެން ބާއްވާ 16 ވަނަ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލަށް ފިލްމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި މިފެސްޓިވަލްގައި ފިލްމު ބައިވެރިކުރުމަށް ދައްކަންޖެހޭ ސަބްމިޝަން ފީ އަދި އެހެނިހެން ކުރަންޖެހޭ ޚަރަދުތައް ހަމަޖައްސަން ޖެހޭނީ ފިލްމު ބައިވެރިކުރާ ފަރާތުން ކަމަށް އެންސީއޭ އިން ބުނެފައިވެއެވެ.
ފެސްޓިވަލް އޮންނާނީ މެއި މަހުގެ 3 އިން 5 އަށް ޖައިޕޫރުގައި ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން ފެސްޓިވަލާ ގުޅޭ އިތުރު މައުލޫމާތާއި ސަބްމިޝަން ފޯމް http://jiffindia.org/16IFF.html ސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.