ޓުއަރިޒަމް

މީހުން އުޅޭ ފަސްރަށެއްގައި ހުއްޓިފައިވާ ޓޫރިޒަމް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ފަށަނީ

މީހުން ދިރިއުޅޭ ފަސްރަށެއްގައި ހުއްޓިފައިވާ ޓޫރިޒަމް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ފަށަައިގެން ކުރިއަށް ގެންދަން ޓޫރިޒަމް މިނސިްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، ކ. ކާށިދޫ އާއި އދ. މަންދޫ އާއި ރ. ވާދޫގެ އިތުރުން ހއ. އުތީމާއި ހއ. ވަށަފަރުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގައި އެ މަސައްކަތް ނުފެށި ހުއްޓިފައިވާތާ ދެއަަހަރު ދުވަސް ވެފައިވާ ކަމަށެވެ.

އަދި އެ މައްސަލަތައް ދިރާސާކުރުމަށްފަހު، ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް، އެ އެރަށްރަށުގެ ކައުންސިލްތަކާއި، އެ ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށްވެސް ޓޫރިޒަމް މިނިިސްޓްރީން ވަނީ ބުނެފަ އެވެ.

އެ މަޝްވަރާތަކަށްފަހު އެބިންތައް މިހާތަނަށް އައިއިރު ތަރައްގީ ނުކުރެވި ލަސްވެފައިވާ ސަބަބުތައް ހޯދައި އެކަންކަން ހައްލު ކުރެވިފައިވާ ކަމަށް ޓޫރިޒަމް މިނސިްޓްރީން ވަނީ ބުނެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ "އަދުގެ ސަރުކާރުގެ އަމާޒަކީ މިފަދަ މަޝްރޫއުތައް އެއްވެސް ހުއްޓުމެއްނެތި ކައުންސިލާއި، އެފަދަ ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކާ ގުޅިގެން ހަލުވިކަމާއެކު ނިންމައި މި މަޝްރޫއުތަކުން އެންމެހާ ރައްޔިތުންނަށް އެކަމުގެ މަންފާ ލިބުން،" ކަމަށެވެ.