ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް

ވިމް ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ ސިލްވާ ސްޕޮންސަރަކަށް އެފްއެސްއެމް

ވިމް ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ ސިލްވާ ޕާޓްނަރަކަށް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ހަމަޖައްސައިފިއެވެ.

ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމް)އިން އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާ ކޮކޯ ޝީކް "ރަން ވިތް އަސް 2019" އޮބްސްޓަކަލް ދުވުމުގެ ސިލްވާ ޕާޓްނަރަކަށް އެފްއެސްއެމް ހަމަޖައްސާފައިވަނީ މިއަދު އެފްއެސްއެމް އޮފީހުގައި އެކަމަށް ޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެފްއެސްއެމްގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ގަސަމްއެވެ. ވިމްގެ ފަރާތުން ސޮއި ކުރެއްވީ ވިމް ރާއްޖޭގެ ގޮފީގެ ރައީސާ މިންހާ ފާއިޒު އެވެ.

އެމްއޯޔޫގައި ސޮއި ކުރެއްވުމަށްފަހު "ވަން އޮންލައިނަށް" ދެއްވި އިންޓަވިއުގައި ގަސަމް ވިދާޅުވީ އަންހެނުން ވީހާވެސް ގިނަ ކަންކަމުގައި އެންގޭޖްކޮށް ބާރުވެރި ކުރުމަށް މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

"ވަރަށް އުފާވޭ އަންހެން ބޭފުޅުން އިސްނަގައިގެން އަންހެނުންނަށް ހާއްސަކޮށް އިވެންޓެއް ބޭއްވުމަށް މަސައްކަތް ކުރާތީ. އަޅުގަނޑުމެންގެ ފަރާތުން މިކަހަލަ ކަމަކަށް ކޮންޓްރިބިއުޝަން ދޭން ފުރުސަތު ލިބުމަކީ ވެސް ލިބުނު ވަރަށް ބޮޑު ފަޚުރެއް." ގަސަމް ވިދާޅުވިއެވެ.

ކޮކޯ ޝީކް "ރަން ވިތް އަސް 2019" އޮބްސްޓަކަލް ދުވުމުގެ އޮބްސްޓަކަލްތައް ހާއްސަކޮށްފައިވަނީ މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޝިއާރު ކަމަށްވާ "ބެލެންސް ފޯ ބެޓަރ ލައިފް"އާއި ގުޅޭ ގޮތަށް ކަމަށް ވިމެން އިން މެނޭޖްމަންޓުން މައުލޫމާތު ދެއެވެ.

މިއަހަރުގެ ރަންއަށް ސަރުކާރުގެ މިނިސްޓްރީތަކާއި އެހެން އިދާރާތަކުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދެމުން އަންނަކަން ވިމް އިން ފާހަގަކުރެ އެވެ. އެގޮތުން މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އިތުރުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އިން "ރަން ވިތް އަސް 2019" އެންޑޯސް ކޮށްފައިވާކަން ވިމް އިންވަނީ ފާހަގަ ކޮށްފައެވެ.

"ރަން ވިތް އަސް 2019"ގެ ޕްލެޓިނަމް ސްޕޮންސަރަކީ ކޮކޯ ޝީކް އެވެ. ސިލްވަރ ސްޕޮންސަރުންގެ ގޮތުގައި މިއަހަރުވަނީ ލައިފް ސަޕޯރޓްގެ އިތުރުން ހެމާސް ހަމަޖައްސައިފައެވެ.

ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ ހޯސްޓިން ޕާޓްނަރަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ. ނިއުޓްރިޝަން ޕާޓްނަރަކީ ކެލޯގްސް އެވެ. މިއަހަރުގެ ރަންގެ މެޑިކަލް ޕާޓްނަރަކީ އޭޑީކޭ ހޮސްޕިޓަލް އެވެ. އަދި ވެލްނެސް ޕާޓްނަރުގެ ގޮތުގައި ވެލްނެސް ސެންޓަރ ބައި ނިޝީ ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން މިއަހަރުގެ ރަންގެ ޕްރިންޓިން ޕާޓްނަރަކީ ޕްރިންޓް ލެބް އެވެ.

ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ ސަޕޯޓިން ޕާޓްނަރުންގެ ގޮތުގައި ގާލްގައިޑް އެސޯސިއޭޝަންގެ އިތުރުން އުނިމާ ގްރޭންޑް ވަނީ ހަމަޖައްސައިފައެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފުން ވެސް މި ހަރަކާތަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވަމުން ގެންދަވާ ކަމަށާއި އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށް ވިމްއިން ބުންޏެވެ.

ކޮކޯ ޝީކް "ރަން ވިތް އަސް 2019"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.