ފާނަ މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ބުރަފަތި ބިންދައިގެން ދިއުމުން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ ފަސް މީހުންނާއެކު ފާނަ މަސްވެރިކަމަށް ނުކުމެ އުޅުނު ''ކަނޑު ރޯދި'' ދޯނި، ވ. އަތޮޅު ފުސްފަރު ކައިރިން ބުރަފަތި ބިންދައިގެން ގޮސް އޮޔާދާތީ ރިޕޯޓްކޮށްފައިވަނީ މިއަދު 12:13 ގައި ކަމަށެވެ.
އަދި އެދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯސްޓް ގާޑު، އެސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.