21 ޖަނަވަރީ 2022: ހުޅުމާލެ ފޭސް-2 ގެ އަތިރިމައްޗަށް ގިނައަދަދެއްގެ ކުނި އަޅާފައި --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން
ހުޅުމާލެއަކީ ދިވެހީންގެ ޔުތު ސިޓީއެވެ. ރާއްޖޭގެ އެންމެ ރީތި ސިޓީއެވެ. އެންމެ ބޮޑަށް ޕްލޭން ކުރެވިގެން އެންމެ ބޮޑު އިންވެސްޓެއް ކޮށްގެން ހަދާފައިވާ އެންމެ އަގުބޮޑު ސިޓީއެވެ. މިސިޓީގެ ރީތިކަން ދަމަހައްޓައި ރީތި ގޮތުގައި ބޭއްވުމަކީ ކަމާ ގުޅޭ ހުރިހާ މުއައްސަސާއަކުން ވެސް ހާއްސަ އިސްކަމެއް ދޭނެ ކަމެކެވެ. އެކަމަކު ކޮންމެ ކަމެއްވެސް ކާމިޔާބު ވަނީ ފަރުދީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރެވިގެންނެވެ.
ހުޅުމާލޭގެ ރީތިކަމަށް ވެސް މިވީ އެހެންނެވެ. ވަކީން ހާއްސަކޮށް، ފޭސް ދޭއްގެ އަތިރިމަތީގެ ހިތްގަިއމު ސަރަހައްދުތައް ބަލައިލުމުން ހިތްގައިމުކަމެއް ނުލިބެއެވެ. ރީތި މަންޒަރެއް ނުފެނެ އެވެ. ހޭޅިފަށުން ފެށިގެން ރާޅުފަށާއި ހަމަޔަށް ގޮނޑުކޮށްފައި އޮތީ އަހަރެމެންގެ އަތުން އެޅި ކުންޏެވެ. އެކި ވައްތަރުތަކުގެ ކޮތަޅުތަކާއި ދަޅާއި ފުޅިއެވެ. ބަތްޕާރްސަލް ހުސްކުރި ޕެކެޓު ތަކާއި ޕުކިނިކު ގެންދިޔަ އެހެނިހެން ތަކެއްޗެވެ. މިއީ މިތަނަށް މަތީން ފޭބި އެއްޗެއްސެއް ނޫނެވެ. މިކަން ކުރަނީ، މި ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ޗާލު، އެންމެ ހިތްގައިމު މާހައުލޭ ބުނާ ދިވެހީންގެ ތެރެއިން ބައެކެވެ. މިހާރު މި ބީޗަކީ ވަރަށްގިނަ ޓޫރިސްޓުންވެސް ޒިޔާރަތްކުރާ ތަނެކެވެ. މިއީ އެމީހުން ބަލަން އޮތް ޗާލު ބީޗު ސަރަހައްދެވެ.
ކޮންމެ މީހަކުވެސް ވާހަކަދައްކަނީ އެވެނި ގައުމެއް މިވެނި ގައުމެއްގެ މަގުތަކާއި އެހެނިހެން ތަންތަން ހާދަ ސާފޭ، ހާދަ ޗާލޭ ކިޔާފަ އެވެ. ސިންގަޕޫރުގެ މަގުތަކެވެ. ދުބާއީގެ މަގުތަކެވެ. އެކަމަކު ކުރާން ނުކެރޭ އެކަމަކީ އެތަންތަނުގެ މީހުންނާ އެއްގޮތަށް އަމަލުތައް ބެހެއްޓުމެވެ. ސިންގަޕޫރު ނުވަތަ ދުބާއީގައި މީހަކު މަގެއްގެ މައްޗަށް ފިލަޓަރުގަނޑެއްގެ ހިސާބުވެސް އެއްލައިލާ މަންޒަރެއް ނުފެނެ އެވެ. އެހާވެސް ޑިސިޕްލިންއެވެ.
ހުޅުމާލޭ ބީޗުގެ މިހާލަތުގެ މަންޒަރުތައް "ވަން"ގެ ސީނިއަރ ފޮޓޯ ޖާނަލިސްޓް، ޔޫސުފް ސޮފްވާން ރަޝީދު ނަގަމުން ދިޔައިރު ފާހަގި އަނެއް ކަމަކީ، ބައެއް މީހުން މިކަން ކުރަނީ ގަސްދުގައިކަމެވެ. ކޮތަޅުކޮތަޅަށް އަޅައި ގޮށް ޖަހައި، ބިންމަތީގައި ބަހައްޓާފައި ހުރި ކޮތަޅު ތަކާއި ދަނޑިބުރިބުރީގެ އަފިއަފީގައި ބަރިބަރިޔަށް އެލުވާފައި ހުރި ކޮތަޅުތައްވެސް މަދެއް ނޫނެވެ.
އެންމެ ބޮޑު އަނެއް ހިތާމައަކީ ގިނަ ފަހަރަށް މި ހުރިހާކަމެއް ކުރާން ޕިކްނިކް ދަނީ އާއިލާތައް އެކުގައިކަމެވެ. ބޮޑެތި މީހުންގެ މި ނުތާހިރު އަމަލުތައް ދަސްކުރަނީ އެމީހުންގެ ދަރީންކަމެވެ. މި ހުރިހާ ކަމެއް ހިންގަނީ އެކުދީންވެސް ބައިވެރިކޮށްގެން ނުވަތަ އެކުދީންގެ ލޮލުގެ ކުރިމަތީގަ އެވެ.