Close
ފޭސްބުކް

ފޭސްބުކް އެކައުންޓް ހެކްކުރި ކަމަށް މެސެޖް ލިބުނުތަ؟

މިދެދުވަހު ފޭސްބުކް ބޭނުން ކުރާ ފަރާތްތަކުން ދަނީ ސްޓޭޓަސްތަކުގައި އެމީހުންގެ ފޭސްބުކް ހެކްކޮށްފައިވާކަމަށް ބުނަމުންނެވެ. މިއީ މެސެންޖަރ އިން ލިބޭ 'ހޯކްސް" މެސެޖެއްގެ ސަބަބުން ދިމާވެގެން އުޅޭކަމެކެވެ.

ފޭސްބުކްގެ 50 މިލިއަން މީހުންގެ އެކައުންޓް ހެކްކޮށްފައިވާކަމަށް އިއުލާން ކުރިތާ އަދި މިވީ އެއް ހަފުތާއެވެ. އޭގެ ތެރޭގައި ފޭސްބުކް އުފެއްދި މާކް ޒަކަބާރގް އާއި ފޭސްބުކްގެ ސީއޯއޯ ސޭންޑްބާރގް ގެ އެކައުންޓް ވެސް ހިމެނެއެވެ.

މިދެދުވަހު ލިބޭ ދޮގު މެސެޖްތަކުގައި އެމީހާގެ އެކައުންޓް "ކްލައުން" ކޮށްފައިވާކަމަށް ބުނެއެވެ. އޭގެ މާނައަކީ އެހެން މީހަކު ވަނީ އޭނާގެ އެކައުންޓް ގެ މައުލޫމާތު ބޭނުންކޮށްގެން އެއާ އެއްވައްތަރުގެ އެކައުންޓެއް ހަދާފައެވެ. އަދި އެ އެކައުންޓްގައި އޭނާގެ ފޮޓޯތައްވެސް ބޭނުން ކޮށްފައިވެއެވެ. ލިބޭ މެސެޖުގައި، އިއްޔެ އަހަންނަށް އާ ފްރެންޑްސް ރިކުއެސްޓެއް ހަމަ ތިނަމުގައި ލިބިފައިވާ ކަމަށް ބުނެ އެ ރިކުއެސްޓް ގަބޫލުނުކުރާ ކަމަށާއި، މިހާރު ގެންގުޅޭ އެކައުންޓަށް ސަމާލުވުމަށް އެދެއެވެ. އެއަށްފަހު އެ މެސެޖު އެހެން ރައްޓެހިންނަށް ބެހުމަށް އެދެއެވެ.

ފޭސްބުކްގެ ތަރުޖަމާނު ބުނިގޮތުގައި ފޭސްބުކް ބޭނުން ކުރާ ފަރާތްތަކަށް މިފަދަ މެސެޖްތަކެއް ލިބޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެއީ "ޗެއިން މެއިލް" ނޯޓިސް އެއް ކަމަށާއި، އެއްވެސް ވަރަކަށް މީހުންގެ އެކައުންޓްތައް "ކްލޯން" ކޮށްފައިވާ ކަމަށް ޝަކުވާތަކެއް ލިބިފައި ނުވާކަމަށެވެ.

ފޭސްބުކް އެކައުންޓް ހެކްކޮށްފައިވާ ކަން ދެނެގަންނާނީ ކިހިނެއް؟

އެކައުންޓް ހެކްކޮށްފައިވާ ކަމަށް ހީވާ ނަމަ، ނުވަތަ އެކައުންޓްގެ ސެކުއިރިޓީ ވަރުގަދަ ކުރުމަށް ބޭނުންނަމަ، ފޭސްބުކްގައި އިންނަ ސެޓިންއަށް ދާށެވެ.

އެއަށްފަހު ސެކިއުރިޓީ އަށް ފިތާލުމަށްފަހު ލޮގިން ޓެބް ބާލާލާށެވެ. އޭގެން އެވަގުތު އެކައުންޓަށް ވަދެފަ ހުރި ޑިވައިސްތަކާއި އަދި ބޭނުން ކޮށްފައި ހުރި ލޮކޭޝަންތައް ފެނިގެންދާނެއެވެ.
އެއްވެސް ޝައްކެއްވާ ޑިވައިސެއްނަމަ އެ ލޮކޭޝަނެއްކައިރީ އިންނަ "ނޮޓް ޔޯ" ފިތަށް ފިތާލާށެވެ.

މީގެ އިތުރުން ފޭސްބުކަށް އަންނަ އެކިކަހަލަ ފޭކް މެސެޖުތަކަށްވެސް ސަމާލުވުން މުހިއްމެވެ. އަދި އެކައުންޓުން ފްރެންޑް ރިކުއެސްޓްތައް މީހުނަށް ލިބޭ ކަމުގައި ވުމާއި، ޒާތީ މައުލޫމާތު ބޭރުވުމާއި، ޕާސްވޯޑް ބަދަލުކޯށްފައިވުން ހިމެނެއެވެ.

އެކައުންޓް ސަލާމަތް ކުރާނީ ކިހިނެއް؟

އެންމެ މުހިއްމު ކަމަކަށް ގިނަގިނައިން ޕާސްވޯޑް ބަދަލު ކުރާށެވެ. އަދި ޕާސްވޯޑު ތަކަށް އާންމުކޮށް ބޭނުންކޮށް އުޅޭ ނުވަތަ އެމީހާއާ ނުގުޅޭ ޕާސްވޯޑް ބޭނުން ކުރާށެވެ.

ދެވަނަ ކަމަކަށް "ޓޫ-ފެކްޓަރ އޮތެންޓިކޭޝަން" ގެ ސެޓިން ހެދުމެވެ. މީގެން ކޮންމެ ޑިވައިސް އަކުން އަލަށް ފޭސްބުކްއަށް ވަންނަ ކަމަށް ވީ ނަމަވެސް އަދި ބޭނުން ކަމަށް ވާނަމަ އަބަދު ބޭނުން ކުރާ ޑިވައިސް އިން ފޭސްބުކް އަށް ވަނަސް ފޯނު ނުވަތަ އީމެއިލަށް ކޯޑެއް ލިބިގެން އެ ބޭނުން ކޮށްގެން ނޫނީ ނުވަދެވޭނެއެވެ.

އެހެން އެޕްސް ތައް ރައްކާކުރުމަށް ފޭސްބުކްގައި ބޭނުން ނުކުރާ ޕާސްވޯޑެއް އޭގައި ބޭނުން ކުރެވިދާނެއެވެ.

އަދި ފޭސްބުކްގެ ސެޓިންގްސްގައި އެއްވެސް ހާލެއްގައި އޭގެން ލޮކް ވެއްޖެޔާ 3-5 ރައްޓެހިންގެ އެހީގައި އެކައުންޓް އަނބުރައި ލިބޭނެ ގޮތަށްވެސް ހެދޭނެއެވެ.

މީގެ އިތުރުން އެއްވެސް ގޮތަކަށް ނުދަންނަ ނުވަތަ ނޭނގޭ ނުވަތަ އާ ޑިވައިސްއަކުން ފޭސްބުކް އެކައުންޓަށް ވަދެފި ނަމަ އެލާރޓް އަންނަ ގޮތަށް ހެދުމަކީވެސް ކުރެވިދާނެ ކަމަކެވެ.