އިންޑިއާ

ޕުލްވާމާ ޓެރާ އެޓޭކް: މަރުވި 49 ސިފައިންގެ ކޮންމެ އާއިލާއަކަށް އަމީތާބްގެ ފަރާތުން ފަސް ލައްކަ ރުޕީސް

ކަޝްމީރުގައި ހަރަކާތްތެރިވާ އިންޑިއާގެ ސިފައިންނަށް އަމާޒުކޮށްގެން ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި 49 މިލިޓަރީ ސިފައިންގެ އާއިލާއަށް ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބަޗަން 5 ލައްކަ ރުޕީސް ދޭނެ ކަމަށް ބުނެފިއެވެ.

ހަބަރުތައް ބުނާ ގޮތުގައި، މިވަގުތު އަމީތާބު އަންނަނީ އިންޑިއާ ސަރުކާރާ ގުޅިގެން އެއާއިލާތައް ހޯދުމުގެ މަސައްކަތްކުރަމުން ކަމަށާއި އަދި އެންމެ އެދެވޭ ގޮތުގައި ފައިސާ އެއާއިލާ ތަކަށް ރައްދުކޮށްދޭނެ ގޮތް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަމީތާބްގެ ތަރުޖަމާނު އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުގައި ބުނެފައިވަނީ މަރުވި 49 ސިފައިންގެ ތެރެއިން ކޮންމެ އާއިލާ އަކަށް ފަސް ލައްކަ ރުޕީސް އަމީތާބް ދޭނެ ކަމަށެވެ.

މީގެ ކުރީން އިންޑިއާގެ މަހާރަޝްތްރާގަައި ދިން ޓެރަރިސްޓް ހަމަލާއެއްގައި މަރުވި އާއިލާތަކަށް އެހީވުމުގެ ގޮތުން ވެސް އަމީތާބް ވަނީ ފައިސާގެ އެހީ ދީފައެވެ.