މަގުމަތީގެ އެކްސިޑެންޓް

ކާރަކުން ޖެހި އަނިޔާވި މީހަކަށް ފަރުވާދެނީ، ހާލު ސީރިއަސް

މަރިޔަމް ޝަހުދާ

3

ކާރަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.

“ވަން އޮންލައިން”އަށް އެނގިފައިވާ ގޮތުގައި އަނިޔާވެފައިވަނީ މެދު އުމުރުގެ އަންހެނަކަށެވެ. މި މީހާގެ ބޮލަށް އަނިޔާވެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބޭގޮތުގައި މިއަދު އިރުއޮއްސުނު ވަގުތުގައި ހިނގި މި އެކްސިޑެންޓުގައި ދެމީހަކު ވަނީ ކާރުގައި ޖެހި އަނިޔާވެފައެވެ. ނަމަވެސް އެކްސިޑެންޓު ވީ ދެމީހުންގެ ތެރެއިން ސީރިއަސް އަނިޔާ ލިބިފައިވަނީ އެކަކަށެވެ. މީގެ އިތުރުން އަނިޔާވި އަންހެން މީހާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ޑޮކްޓަރުން ލަފާ ކުރެއެވެ. މިމީހާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގައެވެ.

ސެނެހިޔާ ކައިރީ ހިނގި މި އެކްސިޑެންޓަށްފަހު ދެމީހުންވެސް ފުރަތަމަ ސެނެހިޔާއަށް ގެންދިއުމަށް ފަހު ވަނީ ފަރުވާދީފައެވެ. ފަހުން އޭޑީކޭއަށް ބަދަލުކޮށްފައި ވަނީ އިތުރުފަރުވާއަށެވެ. މައުލޫމާތު ލިބޭގޮތުގައި އައިސީޔޫގައި ފަރުވާދެމުން އައި އަންހެން މީހާއަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށް ވަނީ އެކްސްރޭއެއް ނަގައިފައެވެ.

މިހާދިސާގައި ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ހަސަނު

ދެރަ.

ނޫނު

ސެނަހިޔާކުރިމައްޗަށް ބަދަލިގެންނަންޖެހޭ. އަބަދު ތިތާ އެކްސިޑެންޓުހިނގަނީކީއްްވެ؟ ރޯޑްފްލޯ މައްސަލައެއް؟

ށަވިޔަނި

ހަބަރު ކީމާ އެކްސިޑެންޓައި ބެހޭ މާބޮޑު މައުލޫމާތެއް ނުލިބުނު. މާލޭގެ ކޮން ހިސާބެއް ކަމެއް.. ހިނގާ ފައި ދިޔަ މީހަކާ ކާރަކާ ކަމެއް... ޡިންމާދާރު ނޫސްވެރިކަމަކީ، ހަބަރު ކިޔުންތެރިޔާ އަށް މިފަދަ ހާދިސާ ތަކާއިބެހޭ މައުލޫމާތުތައް ހަބަރުގައި ހިމެނިފައިވުން..