އެސްޓީއޯ

އެސްޓީއޯއިން ވިއްކާ ޑީސަލް ލީޓަރަކުން 90 ލާރި ބޮޑުކޮށްފި

އެސްޓީއޯ އިން ވިއްކާ ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އެ ކުންފުނީން ބުނެފައިވާ ގޮތުގައި ޑީސަލް ލީޓަރަކުން ބޮޑުކޮށްފައި ވަނީ 90 ލާރި އެވެ. އެހެން ކަމުން ކުރީން 9.99އަށް ވިއްކަމުން އައި ޑީސަލް ލީޓަރެއްގެ އަގު މިއަދުން ފެށިގެން ހުންނާނީ 10.89ގަ އެވެ.

އެސްޓީއޯންއިން ބުނެފައިވާ ގޮތުގައި ޑީސަލްގެ އަގަށް މި ގެނައި ބަދަލަކީ، ބައިނަލް އަގުވާމީ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ގެނައި ބަދަލެކެވެ.