ޓެކްނޮލޮޖީ

ފޭސްޓައިމްގެ ބަގް ހޯދި 14 އަހަރުގެ ކުއްޖާއަށް އެޕަލްއިން ފައިސާ ދެނީ

އެޕަލްގެ ފޭސްޓައިމްގައި ސެކިއުރިޓީ މައްސަލައެއް ހުރިކަން ހޯދި އެމެރިކާގެ ކުއްޖާއަށް އެ ކުންފުނިން ފައިސާދޭން ނިންމައިފިއެވެ.

އެރިޒޯނާއަށް ނިސްބަތްވާ 14 އަހަރުގެ ގްރާންޓް ތޯމަސް ވަނީ ފޭސްޓައިމްއިން ގްރޫޕް ޗެޓްތައް އަޑުއެހޭކަން ހޯދައިފައެވެ.

މި ބަގްގައި ވާގޮތުން ގްރޫޕް ފޭސްޓައިމް ބޭނުން ކޮށްގެން އެހެން މީހެއްގެ ފޯނު އަޑުއަހަނީ ފޯނަކަށް ގުޅުމަށްފަހު އެ ފޯނުގެ މައިކްރޯފޯން އޮންކޮށްގެނެވެ. އެމީހާ އެ ކޯލު އެކްސެޕްޓް ނުވަތަ ރިޖެޓްކުރިކަމުގައިވިއަސް މައިކްރޯފޯނުން އަޑު އަހައިލެވެއެވެ.

އެޕަލްއިން ގްރާންޓަށް ދެނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ބުނެފައެއް ނުވެއެވެ. ފައިސާގެ އިތުރުން އެ ކުއްޖާގެ ކިޔެވުމަށްވެސް އިތުރު އެހީ ދޭނެ ކަމަށް އެޕަލްއިން ބުނެއެވެ.

ގްރާންޓް އަދި އޭނާގެ މަންމަ ބުނި ގޮތުގައި އެ މައްސަލަ ދެނެގަނެވުމުން އެޕަލްއާ އެކަން ހިއްސާކުރުމަށް އެއްހަފްތާ ނެގި އެވެ. އަދި އެޕަލްއިން ވަނީ ފަހުން އެ ފީޗާ އޮފްކޮށްލައި އައިފޯނުގެ ފޭސްޓައިމް ފްލޯ ހައްލުކުރުމަށް އަޕްޑޭޓެއް ގެނެސްފައެވެ.

މި އަޕްޑޭޓް އެޕަލްއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އައިއޯއެސް 12ގެ ސިސްޓަމްތަަކަށް ރިލީސްކޮށްފައެވެ.