ވިޔަފާރި

ނަސީބުވެރި ފަރާތްތަކަކަށް ތަފާތު އެކި އިނާމުތަކާއެކު އަންނަ ހޮނިހިރު ދުވަހު ލިވިންގް އެކްސްޕޯ 2019 ފަށަނީ

މަރިޔަމް ޝަހުދާ

1

ނަސީބުވެރި ފަރާތްތަކަކަށް ތަފާތު އެކި އިނާމުތަކާއެކު އަންނަ ހޮނިހިރު ދުވަހު ލިވިންގް އެކްސްޕޯ 2019 ފެށުމުގެ ތައްޔާރީތައް ފަށައިފިއެވެ.

ހައިރައިސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯގައި ރިއަލްއެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެމީހުންގެ މުދަލާއި ހިދުމަތް ދައްކާލުމުގެ އިތުރުން މައުލޫމާތު ބަދަލުކޮށް ފުރުސަތުތައް އިތުރުކުރުމަށް މަގުފަހިކޮށްދެ އެވެ. މިގޮތުން މި އެކްސްޕޯގައި 30 ފަރާތަކުން ސްޓޯލް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ފަރާތްތަކުން މިރެއިން ފެށިގެން ލިވިންގް އެކްސްޕޯއަށް ސްޓޯލްތައް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައިރައިސްގެ ސޭލްސް އެންޑް މާކެޓީންގް މެނޭޖަރ މާއިޝާ "ވަން އޮންލައިން"އަށް ވަނީ މައުލޫމާތު ދެއްވައިފައެވެ.

މި އެކްސްޕޯގައި ތަފާތު އެކި 10 ފަރާތަކުން ވަނީ ނަސީބުވެރިންނަށް އިނާމު ހުށަހަޅާފައެވެ. ހައިރައިސް އިން ވަނީ މިފަހަރުގެ ލަކީ ޑްރޯ އިނާމުތަކަކީ ގެދޮރުވެރިކަމާއި ގުޅުން ހުރި އެކި އިނާމުތައްކަން ފާހަގަކޮށްފައެވެ.

މިފަހަރުގެ ލިވިންގް އެކްސްޕޯވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. އެއީ މިމަހު 9 އަކުން ފެށިގެން 11 އާ ހަމައަށެވެ.