Close
ބިއުޓީ

ކައިވެނި ކުރަން އުޅޭނަމަ މިކަންކަން ކުރުން ހުއްޓާލާ!

ކައިވެނި ކުރާ ދުވަހު ރީތިކޮށް ހުރުމަށް ކޮންމެ މީހަކުވެސް ބޭނުން ވެއެވެ. އެ މީހަކު އެންމެ ހިތްހަމަޖެހޭ ވެޑިން ޑްރެސްގައި، އެންމެ ބޭނުންވާ ގަހަނާ އަޅައިގެން އެންމެ ރީތި މޭކަޕް ކޮށްގެން އެންމެ ބަބުޅާ މީހަކީ އެމީހާ ކަމުގައި އެދުވަހު ވުމަކީ ކޮންމެ އަންހެނެއްގެ ވެސް ހުވަފެނެވެ.

ނަމަވެސް ވެޑިންގެ ޕްލޭނިންގ ގައި އުޅެން ޖެހުމުން ސްޓްރެސް އާއި ހެދި ގިނަ ފަަހަރު ހަމަށް ދޭންޖެހޭ އެންމެ ބޮޑު ސަމާލުކަމެއް ނުދެވެއެވެ. އަދި ބައެއްފަހަރު މިކަމާ ގުޅިގެން އެކި ކަހަލަ ގޯސްތައްވެސް ހެދޭގޮތް ދިމާވެއެވެ. އެހެންކަމުން ކައިވެނި ކުރަން އުޅޭއިރު ނުކުރަންވާ ކަންކަމަށް ބަލައިލާނަމެވެ.

ޑައިޓް ކުރުން

ޑައިޓް ކުރުން
ކައިވެނި ކުރަން އުޅޭއިރު ގިނަ އަންހެނުން އެންމެ ފުރަތަމަވެސް ފަށަނީ ޑައިޓް ކުރުމަށެވެ. ނަމަވެސް ހަނދާނުން ކައްސާލާ ނުވަތަ ނޭނގި އޮންނަ ކަމަކީ ކެވޭ ކާނާތަކުން ހަށިގަނޑުގެ ޕީއެޗް ބެލެންސް ކޮށްދޭކަމެވެ. އެެހެން ކަމުން ޕީއެޗް ލެވެލް ދަށްކޮށްލާ ކާނައިން މިދުވަސްވަރު ދުރުވެލާށެވެ. ކާބޮނޭޓަޑް ބުއިންތަކާ، ހަކުރު، އަދި ބިހުގެ ޔޯކް އަކީ އެސިޑިކް ކާނާއެވެ. އޭގެ ބަދަލުގައި ފެހި ތަރުކާރި، ރީނދޫ، ލުނބޯ ފާޑުގެ ހަށިގަނޑުގައި އަލްކަލައިން ގެ މާއްދާ ހުންނަ ކާނާތައް ބޭނުން ކުރާށެވެ. ޕީއެޗް ލެވެލްސް ހަމަ ނުވާނަމަ މޫނުގައި ބިހިނެގުން ކަހަލަ ހަމުގެ އެކި އުނދަގޫތައް ދިމާވެއެވެ. އެހެން ކަމުން 70:30 ރޭޝިއޯއެއްގައި އެސިޑިކް އަދި އަލްކަލައިން ކާނާ ބޭނުން ކުރާށެވެ.

ސައިބޯނި

ޕީއެޗްލެވެލް ނުވައެއްގައި ނުވަތަ އޭގެ މަތީ ޕީއެޗް ލެވެލްއެއްގައި ހުންނަ ކްލެންސަރ ތަކުން މޫނުގެ އުޖާލާ ކަން ގެއްލި މޫނުގައި ބިހިނެގުމާއި މޫނުގެ ހަންގަނޑު ހިކޭގޮތްވުން މެދުވެރިވެއެވެ. އެސިޑިކް ކްލެންސަރ ތަކުން ނާޒުކު ހަންގަނޑަށް ގެއްލުންވެއެވެ. އެހެން ކަމުން ކްލެންސަރ އިހްތިޔާރު ކުރަންވާނީ ނިއުޓްރަލް ޕީއެޗެ ލެވެލްއެއްގެ އެވެ. ހާއްސަކޮށް މޮއިސްޗަރައިޒްކޮށްދޭ ޕީއެޗްލެވެލް ހަތެއްގައި ހުންނަ ކްލެންސަރއެއް ބޭނުން ކުރުން ރަނގަޅުވާނެއެވެ.

ފޭޝަލް

ކައިވެނި ކުރުމުގެ ކުރިން ފޭޝަލްގެ އެކި ޓްރީޓްމެންޓް އޭގެ ތެރޭގައި ޕީލިން އަދި ކެމިކަލް ޓްރީޓްމަންޓް ނަގާ މީހުން މަދެއްނުވާނެއެވެ. ނަމަވެސް މިއީ ކުރުން އެހާ ރަނގަޅު ކަމެއް ނޫނެވެ. މި ގޮތަށް އެންމެ ފަހު ވަގުތުގައި ހަދާ "ކުއިކް ފިޒް" ތަކުން ލިބޭ ފައިދާ އަށް ވުރެ ފަހުން ލިބޭ ގެއްލުން ބޮޑެވެ. އެހެންކަމުން ކައިވެނި ކުރަން އުޅޭނަމަ އާ ޓްރީޓްމަންޓެއް ނުފެށުން އެއީ އެންމެ ރަނގަޅު ގޮތެވެ.

ސަން ސްކްރީން ބޭނުން ނުކުރުން

ހަންގަނޑު އަވީގެ ދޯދިތަކުން ސަލާމަތްކޮށް ހަން ކުރަކި ކަމުން ސަލާމަތް ކޮށްދީ އެނދުމުން ސަލާމަތް ކުރުމަށް ސަން ސްކްރީނަކީ ކޮންހެން ބޭނުން ކުރަން ޖެހޭ އެއްޗެކެވެ. ގެއިން ނުކުތުމުގެ 15 މިނިޓް ކުރިން ސަން ސްކްރީން ހާކާށެވެ. އަދި އަވީގައި ގިނަ އިރު އުޅޭ ކަމަށްވާނަމަ ކޮންމެ ދެ ގަޑި އިރަކުން ރީ އެޕްލައި ކޮށްލާށެވެ.

މޮއިސްޗަރައިޒް ނުކުރުން

ހަމުގެ ފަރުވާ ފެށެނީ ފެންވެރުމުންނެވެ. އާދައިގެ ސައިބޯންޏަކުން ހަމުގެ މޮއިސްޗަރ ނައްތާލައެވެ. ފެންވަރާއިރުވެސް ހަމުގައި ހުންނަ މޮއިސްޗަރ ތައް ދަމަހައްޓަން މޮއިސްޗަރައިޒިން ބޮޑީ ވޮޝްއެއް ބޭނުން ކުރާށެވެ. މީގެން ހަމުގެ ހައިޑްރޭޝަން ހިފަހައްޓައިދޭނެއެވެ. އަދި ފެންވަރާ ނިމިގެން ހަށިގަނޑު އެކީގައި ނުހިއްކާ މޮއިސްޗަރައިޒިން ލޯޝަނެއް ހާކާށެވެ.