ރިޕޯޓް

ދަރިފުޅު ސްޓްރެސްވެފައި ހުރިކަން އެނގެން ބޭނުންތަ؟

މުހައްމަދު އައުޒަމް

މާބޮޑަށް ބޯހާސްވުމާއި ސްޓްރެސް ވުމަކީ ކުޑަކުދިންގެ މެދުގައި މިހާރު ވަރަށް އާންމު ކަމެކެވެ. ޅައުމުރުގައި މިކަންތައް ދިމާވާ ބައިވަރު ސަބަބުތަކެއް ހުރެއެވެ. އެކުދިންގެ ދިރިއުޅުމަށް އަންނަ ކުޑަބަދަލަކުންވެސް ސްޓްރެސް ވެދާނެއެވެ. އާކަމެއް ދަސްވުމުން ވެސް އެކަމަށް ހޭނެމުން ދާއިރު އެކަމާވިސްނުމުގެ ސަބަބުން ސްޓްރެސް ވެދާނެއެވެ. އާ ސްކޫލަކަށް ބަދަލު ކުރުމުން ވެސް ގިނަކުދިން ސްޓްރެސް ވެއެވެ.

މަސައްކަތުގެ މާހައުލުން ދިމާވާ ކަމެއްގެ ސަބަބުން ނުވަތަ ދިރިއުޅުމަށް އަންނަ ބަދަލެއްގެ ސަބަބުން މައިންބަފައިން ކަންކަމާއި ބޯހާސްވުމުންވެސް ދަރިންނަށް އެކަމުގެ އަސަރު ސީދާގޮތެއްގައި ކުރެއެވެ. ދިރާސާތަކުން ދައްކާގޮތުން %20 ކުޑަކުދިންނަށް މައިންބަފައިންގެ ހަރަކާތްތައް ހުންނަ ގޮތުން އެކުދިންނަށް ސްޓްރެސްގެ އަސަރު ކުރެ އެވެ.

ކުޑަކުދިންގެ މެދުގައި ސްޓްރެސް ވާމިންވަރު އެކިކުދިންގެ މެދުގައި ތަފާތެވެ. ބައެއް ކުދިން ކަންކަން ދަސްކުރާގޮތް އަވަސް ވުމުގެ ސަބަބުން ސްޓްރެސް ވެގެން ދާގޮތް އަވަސްވެގެން ދެއެވެ. އަނެއްބައިކުދިން އެކުދިންގެ އަމިއްލަ ހުނަރުގެ ސަބަބުން ނުވަތަ އެކުއްޖެއްގެ އުމުރުގެ ގޮތުން ވެސް ސްޓްރެސް ވެގެން ދާގޮތް އަވަސްވެގެން ދެއެވެ. މިކަންކަމުގެ ސަބަބުން ކުދިންގެ މެދުގައި ސްޓްރެސް ވެފައި ހުންނަ ކުއްޖާ ވަކިކުރަން އުނދަގޫވެގެން ދެއެވެ.

މައިންބަފައިންނަށް ދިމާވާ ކަންކަމުގެ ސަބަބުން ކުޑަކުދިންނަށް ސްޓްރެސް ގެ އަސަރުކުރާ ގޮތް ތަފާތުވެގެން ދެއެވެ. ހާއްސަކޮށް ބައެއް ބެލެނިވެރިން ކުދިން ދެކެ މާބޮޑަށް ލޯބިވެވިގެން އެކުދިން މާބޮޑަށް ގާތްކޮށްގެން ގެންގުޅެއެވެ. މިކަމުގެ ސަބަބުންވެސް ކުއްޖާ ސްޓްރެސް ވެގެންދިއުން އެހެން ކުދިންނާ އަޅައިބަލާއިރު އަވަސްވެގެން ދެއެވެ. ބޮޑުވެގެން އަންނަ އިރު އެކުދިންނަށް އަމިއްލައަށް ކަންކަން ކުރަން އެނގޭމިންވަރު ކުޑަވެ އެވެ.

ކުދިން ސްޓްރެސްގައި ތިބިތޯ ބަލާނެ ތަފާތު ގޮތްގޮތް ކުރެއެވެ. މީގައިވެސް އެކިކުދިންގެ ފަރާތުން ފެންނަނީ ތަފާތު ކަންކަމެވެ. ބައެއް ކުދިންނަށް ނިދުމުގައިވެސް އުނދަގޫތަކެއް ހުރެއެވެ. ކުދިން ނިދާ ތަންމައްޗަށް ކުދަކަމުދިއުމަކީވެސް ސްޓްރެސްގެ އަލާމާތެކެވެ. އަބަދު ރުޅި އައުމާއި ބަނޑުގައި ރިއްސާކަމާއި ބޮލުގައި ރިއްސާ ވާހަކަ ދެއްކުމަކީވެސް އަލާމާތަކަށް ވެދާނޭ ކަމެކެވެ. ކުއްޖާގެ މޫޑު ބަދަލުވުމާއި ކެއުމާއި ދުރުވުން ވެސް އަލާމާތް ތަކުގެ ތެރޭގައި ފާހަގަކޮށްލެވެ އެވެ.

ދަރިފުޅު ކަމަކާއި ސްޓްރެސްވެފައި ހުރުމުން ނުވަތަ އެކުއްޖާ ހާސްވެފައި ހުންނަކަން ފާހަގަ ކުރެވިއްޖެ ނަމަ ވީހާވެސް އަވަހަކަށް ކަމުގެ ތަޖުރިބާކާރަކާއި ހިއްސާކުރަން ޖެހޭނެ އެވެ. އެހެން ނޫނީ މިކަންތަކުގެ ސަބަބުން އެކުދިން ހެދިބޮޑުވެގެން އަންނައިރު އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ.