އައިލެންޑް އޭވިއޭޝަން

އައިލެންޑް އޭވިއޭޝަން ބޯޑަށް ޗެއާމަނަކާއި ހަތަރު ޑައިރެކްޓަރުން އައްޔަން ކުރައްވައިފި

1

އައިލެންޑް އޭވިއޭޝަނަށް ޗެއާމަން އަކާއި ހަތަރު ޑައިރެކްޓަރުން އައްޔަންކުރައްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަނުން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އައިލެންޑް އޭވިއޭޝަންގެ ޗެއާމަން އަކަށް އައްޔަން ކުރެއްވީ ގއ. ދެއްވަދޫ، މާވެޔޮދޮށުގޭ، ޑރ. އަހުމަދު ޝަމްހީދު އެވެ.

އެ ކުންފުނީގެ ބޯޑަށް އައްޔަން ކުރެއްވީ، މ. ޏަމްޏަމްގޭ އައިޝަތު ޖެނީފާ އާއި މ. ރިޔުބިކް، އަބްދުﷲ އާމިރު އާއި ޏ. ފުވައްމުލަކު، މައުނާ، އަބްދުﷲ ނާޒިމް އާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު ނަންބަރު - 7545، އަޒްހީލް އަހުމަދު އެވެ.

އެ ކުންފުނީގެ އެމްޑީ ކަމަށް ކުރީން ވަނީ މުހައްމަދު ރިޒްވީ އައްޔަން ކުރައްވައިފަ އެވެ.