ޝިފާ މުހައްމަދު

ހަތަރު ލީޑަރުން ވިދާޅުވިގޮތަށް ރައްޔިތުން ވޯޓް ދީފި، ދެން އިތުރަށް ޑިމާންޑްނުކޮށް މަޖިލިސް ހޮވަމާ: ޝިފާ

2

ހަތަރު ލީޑަރުން ވިދާޅުވި ގޮތަށް ރައްޔިތުން ވޯޓް ދީފި ކަމަށާއި އިތުރަށް ރައްޔިތުންނަށް ޑިމާންޑުނުކޮށް ޕާޓީތަކުން މަޖިލިސް ހޮވުމަށް މަސައްކަތް ކުރުމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ގޮވާލައްވައިފިއެވެ.

ޝިފާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަތަރު ލީޑަރުން ވިދާޅުވި ގޮތަށް ރައްޔިތުން ވޯޓުދީގެން މިތިބީ ސަރުކާރެއް ގެނެސް، ޕާޓީތަކަށް މަގާމުތައް ދީގެން ކަމަށެވެ.

ދެން ރައްޔިތުންނަށް އިތުރަށް ޑިމާންޑުކުރަން ނުޖައްސައި، ޕާޓީތައް ޕްރައިމަރީގައި ނުކުމެ ރައްޔިތުން ބޭނުންވާ ފަރާތަކަށް ވޯޓުދީ މަޖިލިސް ހޮވުމަށް އޭނާ ގޮވައިލެއްވިއެވެ.

މީގެއިތުރުން ޝިފާކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ އިރުއިރުކޮޅާ ބައެއް ޕާޓީތަކުގެ ވެރިން، ދެމޭ ރަބަރެއްހެން ފައްތާލި އޮޑިއަށް އަރަން އުޅޭތަން ފެނުމުން ހައިރާންވާ ރައްޔިތުން އެބަތިބި ކަމަށެވެ.

އިންްސާނާ

ށިފާ ކަމަނާ ހާދަ މޮޔައޭ 4ލީޑަރުން 4 ބިތައް އެނބުރިއްޖެނަމަ ސަރުކާރުވެއްޓުނީ އެކަމާ ނުވިސްނަން ދެއްތޯ

ޔަސް

ކިލާ މާމަޔާ ނުލާނަން