ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ)، މިއަހަރުގެ މަޖިލިސް އިންތިހާބުގައި ވެސް ތުލުސްދޫ ދާއިރާއަށް ކުރިމަތިލުމަށް ނިންމައިފި އެވެ.
ވައްޑޭ މިކަން ހާމަކޮށްފައިވަނީ ކުރެއްވި ޓުވީޓެއްގައެވެ. ފާއިތުވި ދައުރުގައި ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ވައްޑޭ މަޖިލީހަށް ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.
މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އަބްދުލް އަލީމް ވިދާޅުވީ ލޯޔަރު ވައްޑޭ، ތުލުސްދޫ ދާއިރާއަށް ވާދަކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމުގެ ތާއީދާއެކު ކަމަށެވެ.