ވިޔަފާރި

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް އެލައިޑުން ލައިފް އިންޝުއަރެންސް ތައާރަފްކޮށްފި

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް އެލައިޑުން ލައިފް އިންޝުއަރެންސް ތައާރަފްކޮށްފި އެވެ.

މިރޭ ކުރިއަށްދިޔަ އެލައިޑްގެ ސްޕެޝަލް އިވެންޓް ހަފްލާގައި މި ހިދުމަތް ތައާރަފްކޮށްދެއްވާފައިވަނީ އުރީދޫގެ ސީއީއޯ ނަޖީބް ހާނެވެ. ނަޖީބް ހާން ވިދާޅުވި ގޮތުގައި އުރީދޫގެ ކްލަބް ޕްރިމިއާ ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށް 100،000 ރުފިޔާގެ އިންޝުއަރެންސް އެލައިޑްގެ ފަރާތުން ލިބޭނެއެވެ. މީގެ އިތުރުން މި ހިދުމަތަކީ އުރީދޫގެ ޕޯސްޓްޕެއިޑް ހިދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ލިބިގެންދާ ހިދުމަތެއްކަމަށް ނަޖީބް ވިދާޅުވިއެވެ.

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުން އެލައިޑް ލައިފް އިންޝުއަރެންސް ބޭނުންނަމަ އުރީދޫގެ ކްލަބް ޕްރިމިއާ މެމްބަރަކަށް ރެޖިސްޓަރ ވުމުން މި ހިދުމަތަށް ރެޖިސްޓަރ ވެވޭނެކަމަށްވެސް ނަޖީބް ވިދާޅުވިއެވެ.

ނަޖީބް ވަނީ އެލައިޑުން އުރީދޫގެ ކަސްޓަމަރުންނަށް މިފަދަ ހިދުމަތެއް ތައާރަފްކޮށްދިނުމުން އެލައިޑަށް ޝުކުރު ދަންނަވައިފައެވެ.