މުހައްމަދު މަލީހު ޖަމާލް

އެންސީއައިޓީގައި ހުރި ގިނަދުވަސްވީ ޔޫޕީއެސް ސިސްޓަމު ބަދަލުކޮށް އާސިސްޓަމެއް ގާއިމްކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި ހުރި 13 އަހަރަށްވުރެ ގިނަ ދުވަސްވީ ޕަވަރ ޕްރޮޓެކްސްޝަނާއި ޔޫޕީއެސް ސިސްޓަމު ބަދަލުކޮށް، މުޅިން އާ ސިސްޓަމެއް ގާއިމްކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ ޑޭޓަާ ސެންޓަރުގައި ހުރި ޔޫޕީއެސް އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓަކީ ގާތްގަނޑަކަށް ދެ އަހަރު ވަންދެން ނުކުރެވި ލަސްވެފައި އޮތް މަސައްކަތެއް ކަމަށެވެ.

އަދި އެކަށީގެންވާ ޑޭޓާ ސިސްޓަމެއް ނެތުމުގެ ސަބަބުން އެއާޕޯޓުން މީހުން ރާއްޖެއަށް އެތެރެކުރުމާއި ސަރުކާރުގެ އެކި ނިޒާމުތައް ހިންގުމުގެ އިތުރުން މާލެއިން ކަރަންޓު ކެނޑޭ މައްސަލައިގައި އެކި ކަންކަމަށް ބުރޫ އަރާ ކަމަށް މިނިސްޓަރު މަލީހް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ގާއިމްކުރެވުނު ސިސްޓަމުގެ ސަބަބުން ކަރަންޓް ކެނޑުމުންް ލިބޭ ޝޮކްތަކާ ގުޅިގެން ސާވާ ތަކަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރި ކުރެވޭނެ ކަމަށެވެ.

އަދި މީ މިހާރުވެސް ސަރުކާރުން ހިދުމަތްދޭ އެކްސްޕާޓު ބިޒުނަސް އޮންލައިން ހިދުމަތާއި ޓްރާންސްޕޯޓް އޮންލައިން ފަދަ ސިސްޓަމުތަކުގެ ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މިސިސްޓަމުގެ ސަބަބުން ނެޝަނަލް ޑޭޓާ ސެންޓަރުން މިހާރު ދެމުން އަންނަ ހިދުމަތް ހުއްޓުމެއްނެތި ދެވޭނެ ކަމަށާއި މިކަމަކީ މިނިސްޓްރީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް މިނިސްޓަރު މަލީހު ވިދާޅުވިއެވެ.

މިނިސްޓަރު މަލީހް ވިދާޅުވި ގޮތުގައި ޔޫޕީއެސް އަޕްގްރޭޑް ކުރުމުން، ރާއްޖޭގެ އީ-ގަވަނަންސް ނިޒާމް އިތުރަށް ހަރުދަނާވެގެން ގޮސް، ސެކިއުރިޓީ މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޑޭޓާ ސެންޓަރެއް ގާއިމުކޮށްފައި ވަނީ 2015 ވަނަ އަހަރުއެވެ. އަދި އޭގެ ދެއަހަރު ފަހުން ބެކަޕް ސެންޓަރެއް ގާއިމްކޮށްފައި ވެއެވެ.