ޕީޖީ އޮފީސް

ކުރީގެ އުއްތަަމަ ފަނޑިޔާރާއި މަޖިލީހުގެ ދެ މެންބަރެއްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފި

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ.

ޕީޖީން ބުނެފައިވަނީ އެތިން ބޭފުޅުންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފައިވާކަން އެބޭފުޅުންނަށް ހުސްވި ހަފްތާގައި އަންގާފައިވާ ކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ބާތިލުކޮށްފައިވާ އިރު އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ، އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާއެވެ.

އަދި ސިނާނާއި އިލްހާމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ރިޝްވަތު ހިފައި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.