މާލޭ މާފަންނުގެ ގެއެއްގައި ދަންޖެހިގެން ބިދޭސީއަކު މަރުވެފައި ހުއްޓާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މާފަންނުގެ ގެއެއްގައި މަރުވެފައި ހުއްޓާ ފެނުނީ އުމުރުން 23 އަހަރުގެ ނޭޕާލް އަންހެނެއް ކަމަށެވެ.
އޭނާ މަަރުވެފައި ހުއްޓާ ފެނިފައިވަނީ މިއަދު ހެނދުނު 0721 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި މަހުގެ 15ގައި ވެސް ވަނީ ބިދޭސީއަކު ދަންޖެހިގެން މަރުވެފައި ހުއްޓައި ފެނިފައެވެ.
ސަން އައިލެންޑް ރިސޯޓުގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ އުމުރުން 40 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ.