ޚަބަރު

ޝަރުއީ ދާއިރާއަށް އިސްލާހު ގެނައުމުގެ ވައުދަކީ ރައްޔިތުން ވޯޓުލި ވަރަށް މުހިއްމު ވައުދެއް : އޭޖީ

އަހުމަދު ޖައިޝަން

1

ޝަރުއީ ދާއިރާއަށް އިސްލާހު ގެނައުމުގެ ވައުދަކީ ރައްޔިތުން އަދުގެ ސަރުކާރަށް ވޯޓުލި ވަރަށް މުހިއްމު ވައުދެއް ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ ނިޒާމުގައި ހުރި ނުރަނގަޅު ކަންތައް އިސްލާހު ކުރުމުގައި ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

އަދި އެފަދަ މަސައްކަތެއް ކުރުމުގައި ހުރިހާ އެންމެންވެސް އެއް ގަލަކަށް އަރައި ތިބުމަކީ މުހިއްމު ކަމެއްކަމަށް ރިއްފަތު ފާހަގަކުރެއްވި އެވެ.

"ރައްޔިތުން ބޭނުންވާ އިސްލާހާއި ބަދަލަށް އިހްތިރާމްކޮށް ގަދަރުކުރަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

ރިފްއަތު ވިދާޅުވީ އިންސަފު ހޯދުމުގައި ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަން ޖެހޭނީ ވަކި ބަޔަކަށް އިންސާފު ލިބޭ ގޮތަކަށް ނޫން ކަމަށެވެ. އެހެންނަމަވެސް އެންމެނަށްވެސް އިންސާފު ލިބޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.