ފިހާރައެއްްގެ ތެރެއަށް ވަދެ ވަޅިން ބިރު ދައްކައިގެން ފޭރިގެން ފައިސާތަކެއް ހިފައިގެން ދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު މާފަންނު ބިސްބުރު ކައިރީ ހުރި ފިހާރައަކަށް ވަން މީހަކު ވަޅިން ބިރުދައްކައި، ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާތައް ފޭރުނު މައްސަލައިގައި ހޯދަމުންދިޔަ މީހާ، އެފިހާރައިން ފޭރުނު ފައިސާތަކާއެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.