ޑޮނަލްޑް ޓޮރަމްޕް

މުއްސަނދިންގެ ލިސްޓުން 100 ދަރަޖަ ތިރިޔަށް ޓްރަމްޕު ވެއްޓިއްޖެ

މުހައްމަދު އައުޒަމް

ފޯބްސް މަޖައްލާއިން ނެރޭ ދުނިޔޭގެ އެންމެ މުއްސަނދި 400 މީހުންގެ ލިސްޓުން 100 ދަރަޖަ ތިރިއަށް ޓްރަމްޕު ވެއްޓިއްޖެއެވެ.

އަންގާރަ ދުވަހު ފޯބްސް އިން ނެރުނު ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓުން ޓްރަމްޕު މިހާ ތިރިޔަށް ވެއްޓެން މެދުވެރިވީ އޭނާގެ މިލްކިއްޔާތުން 1.4 ބިލިޔަން ޑޮލަރު މަދުވުމުންކަމަށް ފޯބްސް މެގަޒިންގައި ފާހަގަ ކޮއްފައި ވެއެވެ. އަދި އެމެގަޒިން ގައި ޓްރަމްޕުގެ މިލްކިއްޔާތު މިހާ ދަށަށް ވެއްޓެން މެދުވެރިވި ތިން ސަބަބެއް ހާމަކޮއްފައިވެއެވެ.

އެއްސަބަބެއްކަމުގައި ފޯބްސް އިން ހާމަކުރަނީ އެމެރިކާގެ ރައީސްގެ މަގާމު ޓްރަމްޕްއަށް ލިބުމުން މާލީބަޔާން ތަކުގައި މިލްކިއްޔަތުގައި ހުންނަވަރު ހާމަކުރަން ޖެހުމުންނެވެ. ދެވަނަ ސަބަބެއް ކަމަށް ފާހަގަ ކޮއްފައިވަނީ ޓްރަމްޕުގެ ހަރުމުދާތައް ގިނަވުމުގެ ސަބަބުން ބާޒާރުގައި އަގުދައްވުމުން ދިމާވި ގެއްލުންތަކުން ކަމަށެވެ. ތިންވަނަ ސަބަބެއްކަމުގައި އެބޭފުޅުން ހާމަކުރަނީ ޓްރަމްޕް ރައީސްކަން ލިބުމަށް ފަހު އޭނާގެ ބްރޭންޑަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ކަމަށް ފޯބްސްއިން ހާމަކުރެއެވެ.

އެރިކް ޓްރަމްޕް އޭނާގެ ބައްޕައާއި ބެހޭގޮތުން ބުނީ އޭނާގެ ބައްޕަ ސިޔާސީ ދާއިރާއަށް ނިކުމެ ރައީސް ކަން ލިބުމުން ވަނީ ކުންފުންނާއި ދުރުވެ ޤައުމު އިސްކޮއްގެން ދިޔަކަމަށެވެ. ޓްރަމްޕް އޯގަނައިޒޭޝަން ގެ ހިންގުން މިހާރު ބަލަހައްޓަމުން ދަނީ އޭނާގެ ދަރިފުޅެވެ.

ޓްރަމްޕުގެ އުމުރުން 3 އަހަރުގައި އޭނާގެ މިލްކިއަޔާތުގައި 200،000 ޑޮލަރު ހުރިކަމަށް ފޯބްސް އިން ހާމަ ކޮއްފައިވެއެވެ. އެއީ ޓްރަމްޕުގެ ބައްޕާފުޅުގެ ވިޔަފާރިން ލިބުނު ފައިދާކަމަށްވެސް އެރިޕޯޓުގައި ވެއެވެ.

ޓްރަމްޕް މިލިޔަނަރަކަށްވީ އުމުރުން އެންމެ 8 އަހަރުގައިއެވެ.